ކިމް އާއި ކާންޔޭ އެކަކު އަނެކަކަށް ދީފައިވާ އަގުބޮޑެތި ހަދިޔާތަކުން އަޖައިބުވާނެ!

އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޓީވީ ތަރި އަދި ވިޔަފާރިވެރިޔާ ކިމް ކާޑޭޝިއަން އާއި އޭނާގެ ފިރިމީހާ ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓަކީ ދެ މަހުޖަނުންނެވެ. ދެމީހުންގެ މިލްކިއްޔާތު އެއްކޮށްލުމުން 1.3 ބިލިއަން ޑޮލަރު އަރާއިރު، މި ދެމަފިރިންނަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި ތިބި އެންމެ މުއްސަނދި އެއް ޖޯޑެވެ.

އެއާއެކު މިފަހަރު މި ހާމަކުރަނީ، ކިމް އާއި ކާންޔޭ އެކި މުނާސަބާތްތަކާ ގުޅިގެން އެކަކު އަނެކަކަށް ދީފައިވާ އަގުބޮޑެތި ބައެއް ހަދިޔާއެވެ.

1. ކާންޔޭގެ ކުންފުނީގެ ހިއްސާ

ކާންޔޭ ހިންގާ ބޫޓު ކުންފުނި “ޔީޒީ” އާ ވާދަކުރާ ކުންފުންޏަކުން ކިމް އަށް ހުށަހެޅި އޮފާއަކީ، އެ ބްރޭންޑް ޕްރޮމޯޓް ކޮށްދޭމަތިން 1 މިލިއަން ޑޮލަރު ދޭނެ ކަމަށެވެ. ނަމަވެސް ކިމް އެ ހުށަހެޅުން ދޫކޮށްލުމުން، އެކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ފިރިމީހާ ކާންޔޭ ވަނީ މަންމައިންގެ ދުވަހު ހަދިޔާއެއްގެ ގޮތުގައި ކިމް އަށް 1 މިލިއަން ޑޮލަރުގެ ޗެކަކާއި، “ޔީޒީ” ގެ ހިއްސާވެސް ދީފައެވެ.

2. ލެމްބޮގިނީ އެވެންޓާޑޯ LP 700-4

ކާންޔޭގެ 35 ވަނަ އުފަންދުވަހު ކިމް ވަނީ އޭނާއަށް 750،000 ޑޮލަރުގެ މި އަގުބޮޑު ކާރު ހަދިޔާކޮށްފައެވެ.

3. ‘ކާޓީއާ ޕެންތެއާ ބްރޭސްލެޓް ނަންބަރ 1’

ކިމްގެ 32 ވަނަ އުފަންދުވަހު ކާންޔޭ ދިން ހަދިޔާތަކުގެ ތެރޭގައި ހިމެނެނީ 35000 ޑޮލަރުގެ މި އަގުބޮޑު އަތުގައި އަޅާ ގަހަނާއެވެ.

4. ރަށެއް

2017 ވަނަ އަހަރު ކާންޔޭގެ 40 ވަނަ އުފަންދުވަހަށް ކިމް ދިން ހަދިޔާއަކީ އަގުބޮޑު ރަށެކެވެ.

5. ބާގާ ކިންގް ގެ ފްރެންޗައިޒް

2014 ވަނަ އަހަރު، ދެމީހުންގެ ކައިވެނީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ކާންޔޭ ކޮށްދިން ކަމަކީ، އަންހެނުން ކިމް އަށް، މަޝްހޫރު ފާސްޓް ފުޑް ކުންފުނި “ބާގާ ކިންގް” ގެ 10 ފްރެންޗައިޒް ގަތްންދިނުމެވެ.

6. 2 އެންގޭޖްމެންޓް އަނގޮއްޓި

ކާންޔޭއާ ކައިވެނިކުރުމަށް، އޭނާ ކިމް އަށް ދިނީ އެންމެ އެންގޭޖްމެންޓް އަނގޮއްޓިއެއް ނޫނެވެ. އޭގަ ބަދަލުގައި ދެ އަނގޮއްޓި ދިން އިރު، ދޭތީގެ އަގު 2 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!