މި ކިޔައިދެނީ ސޮނާކްޝީގެ ރީތިކަމުގެ ސިއްރުތައް!

ބޮލީވުޑް އެކްޓްރެސް ސޮނާކްޝީ ސިންހާއަކީ އެ އިންޑަސްޓްރީގައި މިވަގުތު ތިބި އެންމެ ރީތި ބަތަލާއިންގެ ތެރެއިން އެކެކެވެ. ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން ފަލަކޮށް ހުރެފައި، ސޮނާކްޝީ ވަނީ ބަރުދަން ލުއިކޮށްލައި ގިނަ ބަޔަކު ހައިރާންކޮށްލައިފައެވެ.

ނަމަވެސް މިފަހަރު ދައްކަން މިއުޅެނީ ސޮނާކްޝީގެ ބަރުދަނުގެ ވާހަކައެއް ނޫނެވެ. މިފަހަރު މި ހިއްސާކޮށްލަނީ، ސޮނާކްޝީ ރީތިވުމަށް ގެންގުޅޭ ބައެއް އާދަތަކެވެ.

1. މޭވާއާއި ތަރުކާރީގެ މުހިއްމުކަން

ސޮނާކްޝީގެ ހަށިގަނޑަށް ބަލައިލުމުން، ލޫޅާފަތިކޮށް ހުންނަން އޭނާ ކުރާ މަސައްކަތް ހާމަވަގެންދެއެވެ. ނަމަވެސް އޭނާ މޭވާއާއި ތަރުކާރީ ކަނީ ހަމައެކަނި ހަށިގަނޑުގެ ބައްޓަން ރީތިކުރާކަށް ނޫނެވެ. ސޮނާކްޝީ ބުނާ ގޮތުގައި، ގިނަގިނައިން މޭވާއާއި ތަރުކާރީގެ ބާވަތްތައް ކާނަމަ ހަންގަނޑު ސާފުވެ، އޮމާންވެގެން ދެއެވެ. އަދި ޑައިޓުކުރި އެކޭ ކިޔާފައި އެއްގޮތަކަށްވެސް ތިމާއަށް މީރު އެއްޗިއްސާ މުޅިން ދުރުވާނެ ކަމެއް ނެތް ކަމަށް އޭނާ އަންގައެވެ. އޭގެ ބަދަލުގައި މަދުމަދުން އެ އެއްޗެހި ވެސް ކައި، އުފަލުގައި ހުރުމަށް އިސްކަންދޭން ވާނެ ކަމަށް ބުނެއެވެ. ސަބަބަކީ މީހާގެ ނަފްސާނީ ދުޅަހެޔޮ ކަމަކީ ވެސް މުޅި ސިއްޙަތަށް އަސަރުކުރާ ކަމަކަށް ވާތީއެވެ.

2. އިސްތަށިގަނޑުގައި ބޭނުންކުރަނީ ކޯއްޗެއް؟

ސޮނާކްޝީ މީގެކުރިން އިންޓަވިއުއެއްގައި ހިއްސާކުރި ގޮތުގައި، އޭނާ އިސްތަށިގަނޑު ރީތިކޮށް ބޭއްވުމަށް ދޭތެރެ ދޭތެރެއިން ތެޔޮ މަސާޖު ކޮށް އުޅެއެވެ. އެގޮތުން މަސާޖު ކުރާއިރު ބޭނުންކުރަނީ ޒައިތޫނި ތެލާއި ކާށިތެޔޮ ކަމަށް ބުންޏެވެ. މީގެ އިތުރުން، ބައެއް ޝޫޓްތަކަށް ބޮލުގައި ކުލަ ޖައްސަން ޖެހޭތީ، އޭގެ ސަބަބުން އިސްތަށިގަނޑަށް ދިމާވާ ގެއްލުމުން ސަލާމަތްކުރުމަށް ގޭގައި ޓްރީޓްމެންޓު ނަގާ ކަމަށްވެސް ބުންޏެވެ. އެއީ ހެއާ މާސްކު ބޭނުންކޮށްގެން ޑީޕް-ކޮންޑިޝަނިން ކޮށް، ތެޔޮލުމެވެ.

3. އެލޯ ވޭރާ ވަރެއް ނެތް!

ސޮނާކްޝީ ބޭނުންކުރާ ސްކިން ރޫޓީން އަކީ އެލޯ ވޭރާ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ޤުދުރަތީ އެލޯ ވޭރާ ޖެލް މޫނުގައި ހޭކުމުން، ފާރުތަކާއި ލަކުނުތައް ވަރަށް ފަސޭހައިން ފިލައިގެންދާ ކަމަށް ބުންޏެވެ. މީގެ އިތުރުން ސޮނާކްޝީ އޭނާގެ މޫނު މޮއިސްޗަރައިޒް ކުރުމަށް ކާށިތެޔޮ އުނގުޅައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!