ބޮލީވުޑްގެ މަޝްހޫރު ލަވަކިއުން ތެރިޔާ ނޭހާ ކައްކަރު ވަނީ އޮކްޓޯބަރ މަހުގެ 24 ވަނަދުވަހު ލޯބިވެރިޔާ ރޯހަންޕްރީތް އާއި ކައިވެކި ކޮށްފައިއެވެ. އެހެންނަމަވެސް އަދިވެސް މީޑިއާގައި އޮތީ މި ކަިއވެނީގެ ވާހަކައެވެ.
މި ދެ ތަރިންގެ ކައިވެނި ކުރެވިގެން ދިޔައީ ދިއްލީގައި އެވެ. ބައެއް ރިޕޯޓްތަށް ބުނާ ގޮތުގައި މި ދެތަރިން މިހާރުވަނީ ހަނީމޫން އަށް ފުރާފައިއެވެ. ނަމަވެސް ދިޔައީ ކޮންތާކަށް ކަމެއް ހާމަ ކޮށްފައިއެއް ނުވެއެވެ.
ނޭހާ އާއި ރޯހަންޕްރީތް ގެ ކައިވެނީގެ އުފަލުގައި، ރޯހަންޕްރީތް ގެ އާއިލާގެ ފަރާތުން ވަނީ ވަރަށް ހާއްސަ ހަދިޔާއެއް ނޭހާ އަށް ދީފައިއެވެ. މީ ރޯހަންޕްރީތް ގެ އާއިލީ އެއްޗެއް ކަމަށް ވެއެވެ. މީ ވަރުތަވަމުން އައިސްފައިވާ ކަރުގައި އަޅާ ހާރު ސެޓެކެވެ. ވަރަށް ދުވަސް ވީ ސެޓެކެވެ.
ރިޕޯޓްތަށް ބުނާ ގޮތުގައި މި ސެޓް ދިނުމުގެ ކުރިން ވަނީ މި ސެޓަށް ކޮންމެވެސް ވަރަކަށް ބަދަލު ތަކެއް ގެނެސް އޭގެ ފުރިހަމަ ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްފައިއެވެ. މި ސެޓް ފެނިފައި ނޭހާގެ ލޮލުން ކަރުނަ އައި ކަމަށްވެސް ވެއެވެ.