އިންޑިއާގެ މަޝްހޫރު އެކްޓްރެސް ކާޖަލް އަގަރްވާލް ކައިވެނިކޮށްފިއެވެ.
ތެލުގޫ، ތަމީލް އަދި ހިންދީ ފިލްމުތަކުގައި މަސައްކަތްކޮށްގެން މަޝްހޫރުވި ބަތަލާ، 30، ކައިވެނިކޮށްފައިވަނީ ލޯބިވެރިޔާ ގޯތަމް ކިޗްލޫއާއެވެ. އެދެމީހުންގެ ކައިވެނި އޮތީ މިދިޔަ އޮކްޓޯބަރު 30 ގައި، އާއިލާއާއި ގާތް އެކުވެރިން ބައިވެރިކޮށްގެންނެވެ. އަދި އެ ކައިވެނީގެ ފޮޓޯތައް މިހާރު ވަނީ މީސްމީޑިއާގައި އާންމުވެފައެވެ.
ކާޖަލް އާއި ވިޔަފާރިވެރިޔާ ގޯތަމް ކައިވެނިކުރަން އުޅޭކަން އިޢުލާނުކޮށްފައި ވަނީ މިދިޔަ މަހުގެ 6 ގައެވެ. އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ވަނީ ދުވަސްތަކެއް ވެފައެވެ.