ހިކެން ކޮންމެހެން ޖިމް އަށް ދާކަށް ނުޖެހޭ, ލޮކްޑައުން ގައި 12 ކިލޯ ޝެހެނާޒް ހިއްކާލައިފި

ބިގް ބޮސް އިން ބޮޑު މަގުބޫލު ކަމެއް ހޯދި ޝެހެނާޒް ގިލް ލޮކްޑައުން ތެރޭގައި 12 ކިލޯ ހިއްކާލައިފިއެވެ. ހަށިގަނޑަށް މިވަރުގެ ބަދަލެއް ޝެހެނާޒް މި ގެނައީ ޖިމް އަށް ނުގޮސް ޑައިޓް އިން ކަމަށް އޭނާ ބުނެއެވެ.

ގިނަ ބައެއްގެ އެދުމުގެ މަތިން ޝެހެނާޒް ވަނީ ލުއިވާން ކުރި މަސައްކަތް ހިއްސާ ކޮށްފައިއެވެ. މި ސިއްރު ހާމަކުރަމުން ޝެހެނާޒް ބުނީ ބިގްބޮސް 13 ގައި އޭނާގެ ބަރުދަނާއި މެދު ގިނަ ގުނަ ފާޑުކިޔުން ތަށް ލިބިފައި ވާކަމަށެވެ.

ޝެހެނާޒް ބުނީ ބަރުދަން ލުއި ކުރުމަށް ޗޮކްލެޓާއި އައިސްކްރީމް ޒާތުގެ ކެއިން ބުއިން ހުއްޓާލި ކަމަށެވެ. އަދި އޭނާ ބުނެފައިވަނީ ކެއުންވެސް ކޮންޓްރޯލް ކުރިކަމަށެވެ. ނަމަވެސް ޖިމްއަށް ނުދާ ކަމަށް ޝެހެނާޒް ބުންޏެވެ.

ބިގް ބޮސް 13 އިން ގިނަ ބައެއްގެ މަގުބޫލު ކަން ހޯދި ޝެހެނާޒް ވަނީ ބަރުދަނީ މެދު ގިނަ ފާޑުކިޔުން ތަށް އަމާޒުވެފައިއެވެ.