ޕީޕީއީ ކިޓު ލައިގެން ހުރެ ކެޓްރީނާ ދިނީ މުހިއްމު މެސެޖެއް

ބޮލީވުޑް ބަތަލާ ކެޓްރީނާ ކައިފް، ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ކިޓު ލައިގެން ހުރެ ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް، މުހިއްމު މެސެޖެއް ދީފިއެވެ.

އިއްޔެގެ ވަގުތެއްގައި އިންސްޓަގްރާމްގައި ކެޓްރީނާ ހިއްސާކުރި އެ ފޮޓޯއަކީ އެއާޕޯޓުގައި ނަގާފައިވާ ފޮޓޯއެކެވެ. އޭގައި އޭނާ ހުރީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާސްކާއި ފޭސް ޝީލްޑް އަޅައި، ޕީޕީއީ ކިޓުގައި ހިމެނޭ ޖެކެޓު ލައިގެންނެވެ. އަދި އެ ފޮޓޯގެ ކެޕްޝަންގައި ކެޓްރީނާ ލިޔެފައިވަނީ، ރައްކާތެރިކަން އިސްކުރަންޖެހޭ ވާހަކައެވެ. ހަމައެހެންމެ، ޕީޕީއީ ކިޓު “އައުޓްފިޓް” ވެސް ބަލައިލަން ހަޑި ނޫން ކަން ފާހަގަކޮށްފައިވެއެވެ.

ކެޓްރީނާގެ އެ ފޮޓޯއަށް މިހާރު ވަނީ އެއް މިލިއަނަށްވުރެ ގިނަ މީހުން ލައިކު ދީފައެވެ. އަދި އެފަދަ ޕޯސްޓުތަކާއެކު އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަމުންދާތީ ކެޓްރީނާއަށް ތަރުހީބު ދީފައިވެއެވެ.

ކެޓްރީނާ، 37، މީގެ ދުވަސްކޮޅެއް ކުރިން ޝޫޓިންގެ މަސައްކަތަށް އަލުން ނުކުމެ ހިއްސާކުރި ފޮޓޯއެއްގައި ވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ފެންނަން ހުއްޓެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ، އިންޑިއާގެ ލޮކްޑައުން އަށް ލުއިތަކެއް ދިން ފަހުން ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާ ކަމެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!