އަލީ ގޮނީ ވެސް ބިގް ބޮސްއަށް

ކަލާޒް ޓީވީ އިން ގެނެސްދޭ މަޤުބޫލު ރިއަލިޓީ ޝޯ “ބިގް ބޮސް” އަކީ އިންޑިއާގެ އެންމެ މަޤުބޫލު ރިއަލިޓީ ޝޯއެވެ. އަދި އެއީ އެ ޗެނެލަށް އެންމެ ބޮޑު އާމްދަނީ ވެސް ލިބޭ ޝޯއެވެ.

މިފަހަރުގެ ޝޯ ފެށިގެން ކުރިޔަށް ދާއިރު، ސޯޝަލް މީޑިއާގައި ނަގާ ވޯޓުތަކުން އެންމެ ކުރީގައި އުޅެނީ ޓީވީ އެކްޓްރެސް ޖޭސްމިން ބާސިން އެވެ. އަދި ޖޭސްމިންގެ މަގްބޫލުކަން ކުރިޔަށް އޮތް ތާނގައި އިތުރުވާނެ ކަމަށް ބެލެވެއެވެ. ސަބަަބަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އަދި އެކްޓަރ އަލީ ގޮނީ ޝޯއަށް ބައިވެރިއެއްގެ ގޮތަށް ގެންނާތީއެވެ.

ބިގް ބޮސް ފެށިގެން ކުރިޔަށް ދިޔައިރުވެސް ސޯޝަލް މީޑިއާގައި އަލީ އައީ ވަރަށް ގަދަޔަށް ޖޭސްމިންއަށް ސަޕޯޓުކުރަމުންނެވެ. ހަމަ އެހެންމެ ބައެއް އެޕިސޯޑުތަކުގައި ޖޭސްމިން ރޯތަން ފެނި އަލީ އަށް ވަނީ ކެތްކުރަން ދަތިވެފައެވެ.

އަލީ ބިގް ބޮސްއަށް 4 ނޮވެމްބަރުގައި ބައިވެރިވާނެ ކަމަށްބުނެ މިހާރު ޓީސާއެއްވެސް ވަނީ ދައްކާލާފައެވެ.

ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަގްބޫލު މިޝޯއަކީ ކޮންމެ އަހަރަކު، 3 މަސްދުވަހަށް ދިގު ދެމިގެންދާ ޝޯއެކެވެ. އެއް ގެއެއްގެ ތެރޭގައި ދިރިއުޅެން ޖެހިފައިތިބި ތަފާތު މިޒާޖު ތަކުގެ އެކި ފެންވަރުގެ މީހުންގެ މެދުގައި އުފެދޭ ގުޅުންތަކާއި ހަމަނުޖެހުން ތަކެއް ދައްކުވައިދޭ ޝޯއެކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!