ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން އައީ މިއަދު

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން، އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މިއަދު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެެވެ.

މިނިސްޓަރު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ބޯޑަރު ހުޅުވާލި ފަހުން، މިއަދު އާ ރެކޯޑެއް ގާއިމްކޮށްފައިވާކަމަށެވެ. އެގޮތުން މިއަދު އެކަނި 1582 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން އޮކްޓޯބަރު މަހު އެކަނިވެސް 21،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށާ މިއާއެކު މިދިޔަ މަހު ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް މިނިސްޓްރީއިން ލަފާކުރި އަދަދު ހަޤީޤަތަށް ވެފައިވާ ކަމަށް ވެސް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ޖުލައި މަހު 1،752 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އޮގަސްޓް މަހު 7،628 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ސެޕްޓެމްބަރު މަހު 9،538 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!