ގުރޭޑު 1 އަށް ވަދެވޭނީ އަންނަ އަހަރުގެ ޑިސެމްބަރު 31 އަށް 7 އަހަރު ފުރިފައި ތިބޭ ކުދިންނަށް

ގްރޭޑު އެކަކަށް ވައްދާނީ، އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހަތް އަހަރު ފުރިފައިވާ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެގޮތަށް ކަނޑައަޅާފައި ވަނީ މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި “ސްކޫލަށް ކުދިން ވެއްދުމާއި އެއްސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގައި 2021 ވަނަ އަހަރު އަމަލު ކުރާނެ އުސޫލު” ގަ އެވެ.

މީގެ ކުރިން ގްރޭޑު އެކަކުން ޖާގަ ދިނުމުގައި ބަލަމުން އައީ، އެ އަހަރެއްގެ ޖެނުއަރީ އެކަކަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިންނަށެވެ. އެހެންނަމަވެސް އެ އުސޫލައް ބަދަލު ގެނެސްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔެވުން ކުރިއަށްގެންދިއުން ދިގު މުއްދަތަކަށް މެދުކަނޑާލަން ޖެހުމާއި ގުޅިގެން 2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަންނަ އަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު ފަށަން ނިންމުމާއި ގުޅިގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީމިއަންނަ އަހަރު ކުދިން ސްކޫލަށް ވެއްދުމުގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކުންވެސް އަމަލު ކުރަންވާނީ އެގޮތަށް ކަމަށެވެ. އަދި އެ އުސޫލު މިހާރު ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ފޮނުވާފައިވާއިރު  އުސޫލުގައި ވާގޮތުން ސަރުކާރު ސްކޫލުތަކުގެ އެލްކޭޖީ އަށް ވައްދާނީ މިއަންނަ އަހަރުގެ އޮގަސްޓް މަހުގެ އެއްވަނަ ދުވަހަށް ހަތަރު އަހަރު ފުރި ފަސް އަހަރު ނުފުރޭ ކުދިނަށެވެ. 

އަދި ސަރުކާރު ސްކޫލުތަކުގެ ގްރޭޑް އެކަކަށް ވައްދާނީ ފާއިތުވި ދެއަހަރު ޕްރީ ސްކޫލުގެ ޅަފަތުގެ ތައުލީމާއި ތަރުބިއްޔަތު ޕްރޮގްރާމެއްގައި ބައިވެރިވެފައިވާ އަދި ނިމިގެން ދިޔަ އަހަރު ޔޫކޭޖީ ނުވަތަ އެފެންވަރުގެ ޕްރޮގްރާމެއް ފުރިހަމަކޮށް، އެ މަރުހަލާގައި ހާސިލުކުރަންޖެހޭ މިންވަރަށް ތައުލީމާއި ތަރުބިއްޔަތާއި ހުނަރު ލިބިފައިވާ، މިއަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 އަށް ހަތް އަހަރު ފުރިފައިވާ ކުދިން ކަމަށެވެ. 

މީގެ އިތުރުން، ޔޫކޭޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ ހަ އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެ ތެރޭގައި، 2022 ވަނަ އަަހަރުގެ 31 މާޗު އާއި ހަމައަށް ހަތް އަހަރު ފުރޭނެ ދަރިވަރެއްކަމުގައިވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް ގްރޭޑް އެކަކުން ޖާގަ ލިބިގެންދާނެކަމަށާއި އަދި އެލްކޭޖީ ގައި އަންނަ އަހަރުގެ 31 ޑިސެމްބަރަށް ހަތް އަހަރު ފުރޭ ދަރިވަރުން ތިބިނަމަ ދަރިވަރުގެ ބެލެނިވެރިޔާއާއި ސްކޫލާއި މަޝްވަރާކުރުމަށްފަހު، އެފަދަ ދަރިވަރުނަށް ގްރޭޑް އެކަކުން ޖާގަ ހަމަޖެހިގެންދާނެކަމަށް ބުނެ އެވެ. އަދި އެފަދަ ދަރިވަރުން ގްރޭޑް އެކަކަށް ގެންދިއުމަށްޓަކައި ސްކޫލުން ހާއްސަ ޕްރޮގްރާމެއް ރާވަންވާނެކަމަށް ވެސް ބުނެފައިވެ އެވެ.

އެ އުސޫލުގައި ވާގޮތުން ގްރޭޑް އެ ވަންނަން އެދޭ ކުއްޖާއަށް ޔޫކޭޖީ މަރުހަލާގައި ކިޔަވައިދިން ޓީޗަރުގެ ފަރާތުން ނުވަތަ އޭނާ ކިޔެވި ޕްރީސްކޫލުން، އެ ދަރިވަރަކީ ގްރޭޑް އެކެއް ގެ މަރުޙަލާގައި ކިޔެވުން ކުރިއަށްގެންދިއުމުގެ ގާބިލުކަން ހުރި ދަރިވަރެއްކަން ބަޔާންކުރާ ލިޔުމެއް، ވައްދަން އެދޭ ސްކޫލަށް، ހުށަހަޅަން ވާނެކަމަށެވެ. އެ ލިޔުން ހުށަހަޅާނީ މާލޭގައިނަމަ މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށެވެ. 

އޭގެ އިތުރުން ސްކޫލަށް ވަންނަން އެދޭ ކުއްޖާއަކީ އުނގެނުމުގައި ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖެއްނަމަ އެ ކުއްޖެއްގެ ބޭނުންތަކަށް ބަލައި އޭނާއަށް އެންމެ ފައިދާ ކުރާނެކަމަށް ސްކޫލަށް ގަބޫލުކުރެވެނީ އުމުރަށް ފެތޭ ގްރޭޑަށްވުރެ ދަށް ގްރޭޑެއްގައި ކިޔެވުމަށްކަމަށްވާނަމަ އެ ގްރޭޑަށް ދަރިވަރަކު ވެއްދިދާނެކަމަށް ބުނެފައިވެއެވެ. ނަމަވެސް އެގޮތުން ސްކޫލަށް ވައްދާނީ އުމުރުން 18 އަހަރު ފުރިފައިނުވާ ކުދިން މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން ލަފާގެ މަތީން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ގައުމީ މަންހަޖުގައި ފަށާ ތައުލީމު، ދަށު ސާނަވީ އަދި މަތީ ސާނަވީ ގްރޭޑްތަކުގެ ކްލާހެއްގައި ތިބޭނެ އަދަދު
ކަނޑައެޅިފައިވީނަމަވެސް، ހާލަތަށް ބަލައި ކްލާހެއްގައި ތިބޭ ދަރިވަރުންގެ އަދަދަކީ 30 ކުދިންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!