ކަޑިންމަ ރިސޯޓުން 17 މީހަކު ޕޮޒިޓިވްވެއްޖެ

ދ. އަތޮޅު ކަޑިންމަ މޯލްޑިވްސް ރިސޯޓުން 17 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރާ، އުމުރުން 60 އަހަރުގެ ދިވެއްސަކު މަރުވެފައިވާއިރު، އެމިހާއަކީ ކޮވިޑް ބަލި މީހެއްކަން އެނގުނީ އޭނާ މަރުވި ފަހުން އިއްޔެ އެވެ. އެއާއެކު އިއްޔެ ހަވީރުން ފެށިގެން ރިސޯޓަށް މީހުން އަރާ ފޭބުން އޮތީ މަނާކޮށްފަ އެވެ.

އެޗުޕީއޭ އިން ބުނީ އެކަމާ ގުޅިގެން ނެގި 20 ސާމްޕަލްގެ ތެރެއިން 17 މީހެއްގެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި 17 މީހުންގެ ތެރެއިން ހައިރިސްކް މީހުން މިހާރު ފެސިލިޓީއަކަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންއާއި އިތުރު ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ކުރަމުންދާ އެޗްޕީއޭ އިން ބުންޏެވެ.

ދ. އަތޮޅު ހޮސްޕިޓަލުގެ ޓީމެއް މިހާރު އެ ރިސޯޓުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!