ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 38 އަށް އަރައިފި

ކަނޑިންމަ މޯލްޑިވްސް ރިސޯޓުން ހާލުބޮޑުވެގެން ފަރުވާ ދެމުންދަނިކޮށް ރޭ ނިޔާވި މީހާ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވުމާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 38އަށް އަރައިފިއެވެ.

 ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ ކޮވިޑުގައި ރޭ މަރުވީ 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ކޮވިޑަށް ޓެސްޓްކުރީ، މަރުވި ފަހުންނެވެ. އެއީ، އޭނާގެ ހަށިގަނޑުގައި ބަލީގެ އަލާމާތްތައް ހުރެގެން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ ރޭ 9:45 ހާއިރު އެވެ. މިކަން އެޗްޕީއޭއިން އިއުލާން ކުރީ މިރެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!