އުނގޫފާރުގެ މޮނިޓަރިން ހާލަތު އުވާލައިފި

ރ.އުނގޫފާރުގައި އިއުލާންކުރި މޮނީޓަރިންގެ ހާލަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އުވާލައިފިއެވެ.

އުނގޫފާރު މޮނިޓަރިންގެ ހާލަތަށް ގެނައީ ވޭތުވެދިޔަ ހަފުތާގެ ހޯމަދުވަހުގައި އެ ރަށުން ނެގި ރެންޑަމް ސާާމްޕަލްތަކުގެތެރެއިން ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ނަމަވެސް ޕޮޒިޓިވްވި މީހާގެ ސާމްޕަލު އިތުރަށް ޓެސްޓުކުރުމުން އޭނާ ކޮވިޑަށް ނެގެޓިވްކަމަށް ހެލްތު ޕްރޮޓެކްޝަންއެޖެންސީން ވަނީ ކަނޑައަޅާފައެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނީޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ.

އެހެންކަމުން މޮނީޓަރިންގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވެސް މިހާރު ނިމުމަކަށް އަންނާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!