ސުނާމީ ބިނާ މައިޒާން ހުންނަ ސަރަހައްދު މިއަހަރުގެ ތެރޭގައި ފަސް ފަހަރު މަރާމާތުކޮށްފިން: ސިފާ

މިއަހަރުގެ މިހާތަނަށް އައިއިރު ސުނާމީ ބިނާ ބަހައްޓާފައި ހުރި ސަރަހައްދު ފަސްވަރަކަށް ފަހަރު މަރާމާތުކޮށްފައިވާކަމަށް މާލެސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ސުނާމީ ބިނާ މައިޒާނުގައި މޫދާ ދިމާލުން ވެލިގަނޑު ދަމައިގަނެގެންގޮސް ވަކި ހިސާބެއްގައި ގާތަށް ނެއްޓިފައިވާއިރު މިކަމުގެ ޝަކުވާތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަބަޔަކު އަންނަނީ ކުރަމުންނެވެ. މިކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މިއަހަރުގެ މިހާތަނަށް އައިއިރު ފަސްފަހަރެއްގެ މަތިން އެ ސަރަހައްދު މަރާމާތުކޮށްފައިވާކަމަށެވެ.

ސުނާމީ ބިނާގައި ޖަހާފައި ހުންނަ ގާތައް އަބަދު ކަހަލަ ގޮތަކަށް ނައްޓާފައި ހުންނަކަން ފާހަގަކޮށް އާންމުން މީގެ ކުރިންވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. ސުނާމީ ބިނާގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހަދާފައިވާ ރަސްފަންނާއި، ރަސްފަންނުގެ ޕެވިލިއަން ވެސް ވަރަށް ބޮޑަށް އަންނަނީ ވީރާނާ ވަމުންނެވެ.

ސުނާމީ ބިނާ މައިޒާން ހުރި ސަރަހައްދުގެ ތޮށިގަނޑާ ކައިރިން ގާތައް ނެއްޓި ވެލިގަނޑު ގިރާފައިވަނީ ރާޅުޖެހުމާއި ތޮށިގަނޑުގެ އަޑީގައިވާ ވެލިގަނޑު ރާޅާއެކު ދަމައިގެންދާތީކަމަށް ބެލެވެއެވެ. ގަދަވަޔާއި ވިއްސާރައާއެކު އޮއިބާރުވެ އެސަރަޙައްދުން ދަތުރުކުރާ ދޯނިތަކުން ޖެހި ތޮށިގަނޑާ ދިމާލުން ޖަހާފައިހުރި ފެންސްތަކަށާއި ތޮށިގަނޑަށްވެސް ބޮޑެތި ގެއްލުންތައް ވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!