މޯލްޑިވިއަންގެ އެހީތެރިކަމާއެކު އިންޑިއާގައި ސީޕްލޭން ހިދުމަތް މޯދީ ފައްޓަވައިދެއްވައިފި

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެހީއާއެކު، އިންޑިއާގައި ސީޕްލޭން ހިދުމަތް އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ފައްޓަވައި ދެއްވައިފިއެވެ.

އިންޑިއާގައި ސީޕްލޭންގެ ހިދުމަތް މިއަދު ފަށާފައިވާއިރު އެދަތުރު ކޮށްފައިވަނީ އިންޑިއާގެ އަހުމަދުއާބާދުގެ ސަބަރުމަތީ ވޯޓާ ފްރަންޓާއި ކެވަޑިއާގެ ސްޓެޗޫ އޮފް ޔުނިޓީއާ ދެމެދެވެ.

އިންޑިއާގެ ފުރަތަމަ ސީޕްލޭން ޕްރޮޖެކްޓް ފެށުމަށް ރާއްޖެއިން އެހީ ހޯދާފައިވާއިރު ރާއްޖެއަކީ ސީޕްލޭން ދުއްވުމުގެ ދާއިރާގައި އެންމެ ކާމިޔާބު އެއް ގައުމު ކަމުގައި އިންޑިއާގެ ހައިކޮމިޝަނުން ވަނީ ބުނެފައެވެ. އެގޮތުން މޯލްޑިވިއަންގެ ހާއްސަ ސީޕްލޭން ފްލައިޓެއް މިދިޔަ އާދިއްތަ ދުވަހު އިންޑިއާ އަށް ވަނީ ގޮސްފައެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވީ، އިންޑިއާގެ ސީޕްލޭން ޚިދުމަތް ފެށުމަށް މޯލްޑިވިއަންގެ ސީޕްލޭނެއް ޗާޓަރކޮށްގެން ގެންދިއުމަކީ އެއްގައުމު އަނެއްގައުމަށް ކުރާ އިހްތިރާމް ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!