ތާރާ ހުރީ ލޯބިވެރިޔާ އާއި ކައިވެނި ކުރަން ތައްޔާރަށް!

މިއީ އިންޑިއާގައި ވެޑީން ސީޒަން އެވެ. މި ދުވަސް ކޮޅާ ދިމާ ކޮށް ކޮންމެ އަހަހަރަކުވެސް ގިނަބަޔަކު ދަނީ ކައިވެނި ކުރަމުންނެވެ. ނަމަވެސް މި އަހަރު މި ސީޒަން މި އައީ ކޯވިޑް-19 ގެ ސަބަބުން ލޮކްޑައުންގައި ތިއްބައިއެވެ. އެހެން ނަމަވެސް މި އަހަރު ވެސް މަޝްހޫރު ގިނަ ތަރިން ދަނީ ކައިވެނި ކުރަމުންނެވެ. މަޝްހޫރު ލަވަކިއު ތެރިޔާ ނޭހާ ކައްކަރު ވަނީ ދާދި މިދާކަށް ދުވަހު ކައިވެނި ކޮށްފައިއެވެ. އަދި ބަތަލާ ކާޖަލް އަގަރުވާލް އަންނަނީ ކައިވެންޔަށް ތައްޔާރު ވަމުންނެވެެ. އޭނާ އަންނަނީ ތައްޔާރީތަށް ސޯޝަލް މީޑީއާގައި ހިއްސާވެސް ކުރަމުންނެވެ.

މި ލިސްޓް އަށް ދެން އިތުރުވާ އަނެއް ނަމަކީ ތާރާ ސުތާރިއާ އެވެ. ތާރާ އާއި އާދަރް ޖެއި ގެ ލޯބީގެ ވާހަކަ އަކީ ގިނަ ބަޔަކު ދަންނަ ވާހަކައެކެވެ. އާދަރް އަކީ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް އާއި ތިމާގެ ކުއްޖެކެވެ.

ތާރާ ވެސް އަދި އާދަރުވެސް ވަނީ ކަިއވެންޔަށް ތައްޔާރު ކަމަށް ބުނެފައިއެވެ. އާދަރް ގެ ބޭބެ އަރްމާން ވަނީ މިދިޔަ އަހަރު ކައިވެނި ކޮށްފައިއެވެ.

ޓެލެވިޒަން ގައި މަސައްކަތް ކުރުމަށް ފަހު ތާރާ ބޮލީވުޑް އަށް ނުކުމެފައި ވަނީ މިދިޔަ އަހަރު ގެނެސް ދިން ސުޓޫޑަންޓް އޮފް ދަ އިޔާ 2 އިންނެވެ. މި ފިލްމުން ގިނަބައެއް ގެ މަގުބޫލު ކަން ހޯދި މި ރީތި ބަތަލާ މިހާރު ކުޅެމުންދާ ފިލްމަކީ ތަޅަޕް އެވެ. މީ އަދި އަޅުވާނެ ތާރީހެއް އިއުލާން ކޮށްފައިވާ ފިލްމް އެއް ނޫނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!