ސްޓްރޯކް ކްލިނިކުން 46 މީހަކަށް ވަނީ ފަރުވާދީފައި: އައިޖީއެމްއެޗް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ގާއިމްކޮށްފައިވާ ސްޓްރޯކް ކްލިނިކް ގައި 46 މީހަކަށް ފަރުވާ ދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ފާހަގަކުރި ދުނިޔޭގެ ސްޓްރޯކް ދުވަހުގެ މުނާސަބަތުގައި އައިޖީއެމްއެޗުން ނެރެނު ބަޔާނެއްގައި ބުނީ، އޮޮގަސްޓު މަހުގެ 17 ވަނަ ދުވަހު އެ ހޮސްޕިޓަލުގައި ސްޓްރޯކް ސެންޓަރެއް ހުޅުވި ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. 24 ގަޑިއިރުގެ ހިދުމަތް ދެވޭ އެ ސެންޓަރުގައި ހަ އެނދު ހިމެނޭއިރު އޭގެ ތެރެއިން ދެ އެނދަކީ ވެންޓިލޭޓަރުގައި ފަރުވާދެވޭ ގޮތަށް ތައްޔާރުކުރެވިފައިވާ ދެ އެނދެވެ. އެ ހޮސްޕިޓަލުން ބުނީ، ހިދުމަތް ދޭންފެށިތާ ދެ މަސް ދުވަސް ވެފައިވާއިރު މިހާތަނަށް 40 މީހުން ވަނީ އެނދުމަތި ކުރެވިފަރުވާދެވިފައެވެ.

އޭގެ އިތުރުން ސްޓެރޯކައް ފަހު އާއްމު ދިރިއުޅުމުގެ ހަރަކާތްތަކަށް ރުޖޫއަވުމަށް ބޭނުންވާން ފިޒިއޯތެރަޕީ، ޕީޗްތެރަޕީ އަދި ޑައެބެޓިކްސް ފަދަ ހިދުމަތްތަކުގެ އިތުރުން، ކައިރި މުސްތަގްބަލެއް ގައި އޮކިއުޕޭޝަނަލް ތެރަޕީ އަދި ސޯޝަލް ވޯކަރުންގެ ހިދުމަތްތައްވެސް ސެންޓަރުން ފޯރުކޮށް ދެވެނޭ ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.

ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އައިޖީއެމްއެޗް ގައި ވަނީ ސްޓްރޯކް ކްލިނިކެއްވެސް ގާއިމްކޮށްފައެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!