ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި 46 ކެންޑިޑޭޓުން ނަން ނަގައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލި 40 އަށްވުރެ ގިނަ ކެނޑިޑޭޓުން މިހާތަނަށް ނަން ނަގާފައިވާ ކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ހާމަ ކޮށްފިއެވެ. ކޮވިޑް-19ގެ ސަބަބުން މިދިޔަ އޭޕްރީލް މަހު ބާއްވަން ހަމަޖެއްސި އިންތިހާބު މިހާރު ވަނީ ފަސްކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ހިއްސާކުރި މައުލޫމާތު ތަކަށް ބަލާއިރު، ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި 2،435 ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް 46 ކެންޑިޑޭޓުން އަނބުރާ ނަން ނަގާފައިވެއެވެ. މިހާރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އިންތިހާބުގައި މިހާރު ވާދަކުރާނި 2،388 ކެނޑިޑޭޓުންނެވެ.

ނަން އަނބުރާ ގެންގޮސްފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނައީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެ ޕާޓީގެ 15 ކެންޑިޑޭޓަކު ނަން އަނބުރާ ނަގާފައިވާއިރު، ޕީޕީއެމްގެ 6 ކެންޑިޑޭޓަކު އަދި ޖޭޕީގެ 5 ކެންޑިޑޭޓުން އަދި އަމިއްލަގޮތުން ވާދަކުރަން ނިންމި 20 ކެންޑިޑޭޓަކުވެސް މިދިޔަ ބުދަ ދުވަހާ ހަމައަށް ނަންނަގާފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ފޯމު ހުށަހަޅާފައިވާ ޕާޓީ އަކީ އެމްޑީޕީއެވެ. އެގޮތުން 876 ފޯމު އެ ޕާޓީއިން ހުށަހަޅާފައިވެއެވެ. ދެވަނަ އަށް އެންމެ ގިނައީ ޕީޕީއެމްގެ ކެނޑިޑޭޓުން ކަމަށްވާއިރު އިދިކޮޅު ޕާޓީގެ ޓިކެޓުގައި 600 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރެއެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކުރިމަތިލި 25 ކެންޑިޑޭޓަކު ވެސް ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އޭގެ ތެރޭގައި ވެސް އެންމެ ގިނައީ އެމްޑީޕީގެ މެންބަރުން ކަމަށްވާއިރު އެ ޕާޓީގެ 18 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވެއެވެ. އަދި ޕީޕީއެމްގެ 2 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ކުރިމަތިލި 5 ކެންޑިޑޭޓަކުވެސް ނަން ނަގާފައިވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!