އައިންތުއަށް ކުރާ ގޯނާތައް ބަލައިދޭން މޭޔަރު ޝިފާ ފުލުހުންގެ ކިބައިން އެދިއްޖެ

މާލޭގައި ހަމައެކަނި ޓެކްސީކުރާ އަންހެން ޑްރައިވަރު، އާމިނަތު ވަހީދާ (އައިންތު) ގެ ކާރަށް ދޭތެރެއަކުން ގެއްލުންދޭ މައްސަލަތައް ފެންމަތިވެގެންދާއިރު މާލޭގެ މޭޔަރު، ޝިފާ މުހައްމަދު އޭނާއާ ބައްދަލުކޮށް ދިމާވާ ގޯނާގެ މައްސަލަތައް އޮޅުން ފިލުވައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި ޓްވީޓެއްގައި ބުނީ އާމިނަތު ވަހީދާ އަކީ ރާއްޖޭގައި ހުރި ހަމައެކަނި އަންހެން ޑްރައިވަރު ކަމަށާއި އެގޮތުން މާލޭ ސިޓީގައި ޓެކްސީކޮށްގެން ހަލާލް މަސައްކަތުން ދިރިއުޅުމެއް ބިނާކޮށްގެން ދިރިއުޅެމުންދާ ފިސާރި ކަނބަލެއް ކަމަށެވެ. 

އަދި މޭޔަރު ވަނީ އައިންތުއާ ބައްދަލުކޮށް ދިމާވާ ދަތިތަކާއި ގޯނާތަކާއި ބެހޭ ގޮތުން އޮޅުންފިލުވާ, ގޯނާތައް ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ފުލުހުންގެ ކިބައިން އެދިފައި ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. 

މޭޔަރު ޝިފާ އައިންތުއާ ބައްދަލުކުރިއިރު މީގެ ތިން ވަރަކަށް ދުވަސްކުރިން ވަނީ އައިންތުގެ ޓެކްސީއަށް ގެއްލުންތަކެއްދީފަ އެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!