މުސްލިމުންގެ ހިތްތައް ދިރިގެން ވަނީ މާތް ނަބިއްޔާ ދެކެ ލޯބިވުމާއި އެ ކަލޭގެފާނު މަތިވެރި ކުރުމުގައި: ހުކުރު ޚުތުބާ

ކޮންމެ މީހަކަށް ވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމް ދީނާއި މާތް ނަބިއްޔާ މުހައްމަދުﷺ ދިފާއު ކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

ކީރިތި މާތް ނަބިއްޔާ މުހައްމަދުﷺ ދެކެ ލޯބިވުން މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ކައުއިތުރު މާތް ނަބިއްޔާއަށް އީމާންވުމަކީ، އީމާންކަމުގެ ރުކުނެއް ކަމަށާއި، އެކަލޭގެފާނަށް ކިޔަމަންގަތުމާއި، އެކަލޭފާނުގެ މަތިވެރި މަގާމަށް ގަދަރުކޮށް، އިހްތިރާމްކޮށް، އަދަބު ތަޢުޡީމް އަދާކޮށް، އެމީހެއްގެ އަމިއްލަ ނަފްސާއި، މުދަލާއި، އަނބިދަރީންނަށް ވުރެ ބޮޑަށް، އެކަލޭގެފާނު ދެކެ ލޯބިވެ، އެކަލޭގެފާނަށް ނަޞްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމައެއް ނުވާނެ ކަމަށެވެ.

ހުތުބާގައި ބުނީ މުސްލިމުންގެ ހިތްތައް ދިރިގެން ވަނީ އެކަލޭގެފާނު ދެކެ ލޯބިވުމާއި އެ ކަލޭގެފާނު މަތިވެރި ކުރުމުގައި ކަމަށެވެ. އެއީ ފަނޑުވުމެއް ނެތް މަތިވެރި ލޯތްބެއް ކަމަށާއި، އެބައިމީހުންގެ ލޭގައި ހިނގާ ތާޒާ މުޤައްދަސް ލޯބި ކަމަށެވެ. އެހެންކަމުން އެކަލޭގެފާނުގެ މަގާމުގެ ކަރާމަތަށް އުނިކަމެއް ލިބޭފަދަ ކޮންމެ އަމަލަކީ، މުސްލިމުންނަށް ބަރުދާސްތު ނުކުރެވޭހާ ފުންއަސަރުތަކެއް ކުރުވާނޭ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެކަލޭގެފާނަށް އީމާންވާ، އެކަލޭގެފާނު ދެކެ ލޯބިވާ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ ގިޔާމަތާ ޖެހެންދެން އެކަލޭގެފާނުގެ ޛިކުރާ އާވެ، ހުންނާނެ ކަމަށެވެ. ޚުތުބާގައި ބުނީ ނަބީބޭކަލުންނަށް ފުރައްސާރަކުރުމަކީ އިއްޔެއަކު މިއަދަކު ކުރިމަތިވެގެން އުޅޭ އާ ކަމެއް ނޫން ކަމަށާއި، މީސްތަކުންގެ ގާތަށް މާތް ﷲ ފޮނުއްވި ކޮންމެ ނަބީބޭކަލަކާއި ރަސޫލު ބޭކަލަކަށް ފުރައްސާރަކުރި ބަޔަކު އުޅުނު ކަމަށެވެ.

ނަމަވެސް އިސްލާމް ދީނާއި މާތް ނަބިއްޔާ ދިފާއު ކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް ކަމަށާއި، ކޮންމެ މީހަކަށް ވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމް ދީނާއި މާތް ނަބިއްޔާ މުހައްމަދުﷺ ދިފާއު ކުރަން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ނަބީބޭކަލުންނަށް ފުރައްސާރަކުރުމުގެ ކަންކަމާއި ގުޅިގެން ހުތުބާގައި ބުނީ އެކަމަކީ އިއްޔެއަކު މިއަދަކު ކުރިމަތިވަމުން އަންނަ ކަމެއް ނޫން ކަމަށެވެ. އެގޮތުން މީސްތަކުންގެ ގާތަށް މާތްﷲ ފޮނުއްވި ކޮންމެ ނަބީބޭކަލަކާއި ރަސޫލު ބޭކަހަލަށް ފުރައްސާރަކޮށް އުޅުނު ބަޔަނު އުޅުންކަމަށް ބުނެ އެވެ. އަދި އިސްލާމް ދީނާއި ކީރިތި މާތް ނަބިއްޔާ ދިފާއުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއްކަން ފާހަގަކުރަމުން ހުތުބާގައި ބުނީ ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިއްމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމަ ގޮތުގައި ތަބާވުން ކަމަށެވެ. އަދި އެކަލޭގެފާނުގެ މަތިވެރި ސީރަތުން ނަމޫނާ ލިބި، އެކަލޭގެފާނު އުއްމަތަށް ދައްކުވައިދެއްވި ރިވެތި އަހުލާގީ މިންގަނޑުތަކަށް ވެސް ތަބާވުން ކަމަށެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!