މެޗް ތެރެއިންވެސް ވިރާޓް ބެލީ އަނުޝްކާ ކައިފިތޯ

މީގެ ތިން އަހަރު ކުރިން ކައިވެނީގެ ގޮށް ޖަހާފައިވާ އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީ އާއި ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ އަށް އަލަތު ދަރިއެއް ލިބެން އުޅޭކަން އިޢުލާނުކުރީ މިދިޔަ މަހުގައެވެ.

މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިޔާ ލީގު (އައިޕީއެލް)ގެ މެޗްތަކުގެ ތެރެއިން މި ޖޯޑަށް ގިނަބައެއްގެ ސަމާލުކަން އަންނަނީ ލިބެމުންނެވެ.

ދުބާއީގައި މިހާރު ކުރިއަށްދާ ކްރިކެޓް މުބާރާތުގައި ބެންގަލޫރު ޓީމަށް ކުޅެމުން އަންނަ ވިރާޓް ވަނީ މެޗު ތެރެއިން އަނުޝްކާއަށް އިޝަރާތުން ވާހަކަދައްކާފައެވެ. އެގޮތުން އަތުން އިޝާރާތްކޮށް ވިރާޓް ވަނީ އަނުޝްކާ ކައިފިންތޯ ސުވާލުކޮށްފައެވެ. އަދި ޖަވާބުގައި އަނުޝްކާ އޭނާ ހުރީ ކައިގެން ކަމަށް އިޝާރާތުން ބުނެ ވަރަށް ލޯބިކޮށް ހީލައެވެ. އަދިވެސް އިތުރު އިޝާރަތުން ދެ މީހުން ވާހަކަދައްކާ މަންޒަރު މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެނެއެވެ.

މި ދެތަރިންގެ މެދުގައި އޮންނަ ވަރުގަދަ ލޯބި ފެނި ގިނަބަޔަކު ދަނީ މި ޖޯޑަށް ވަރަށް ތައުރީފު ކުރަމުންނެވެ.

 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!