ކެލާ ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވެއްޖެ

ހއ. ކެލާގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ހޯމް ކަަރަންޓީންގެ މުއްދަތު ހަމަކުރުމަށްފަހު، ސާމްޕަލް ނެގި މީހުންގެ ތެރެއިން އެކަކެވެ.

މީގެ ކުރިންވެސް އެރަށުން ކޮވިޑް-19ގެ ކޭސްތަކެއް ފެނިފައި ވެއެވެ. އެ އެންމެން ވަނީ ބަލިން ރަނގަޅުވެފައެވެ.

މީގެ އިތުރުން ކެލާއަށް ނިސްބަތްވާ އުމުރުން 58 އަހަރުގެ މީހަކު ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!