ޝަހީބް ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަނީ

ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހުރި ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބް އިބްރާހިމް 42، ފުލުހުންގެ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުފާނު ކުރުމަށް ނިންމައިފި އެވެ.

ބަންދުގެ މުއްދަތު ހަމަވުމުން އެ މުއްދަތު އިތުރުކުރަމުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަހީބް ވަނީ ދޫކޮށްލާފަ އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ދޫކޮށްލާފައި ވަނީ ވެސް ތަހުގީގަށް އިތުރަށް ލިބިފައިވާ ހެއްކާއެކު ކޯޓަށް ހުށަހެޅުމުންނެވެ. 

ޑްރަގް ނެޓްވޯކްގައި އިސްކޮށް ތިބި ދެ މީހުންގެ ބަންދަށް ކޯޓުން ފުރަތަމަ ޖެހި މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރު ކުރުމުން އަހުމަދު މޫސާގެ ބަންދަށް ވަނީ އިތުރު މުއްދަތު ދީފައެވެ. ނަމަވެސް ޝަހީބް ވަނީ ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލަން އަމުރު ކުރީ ޝަރުތު ތަކަކާއެކުގަ އެވެ. ޝަހީބަކީ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެންބަރެކެވެ.

ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި އޮޕަރޭޝަންގައި ހަތް މީހަކު ހައްޔަރު ކުރި އެވެ. މި ހަތް މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ދެން ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!