އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕިއޯ ރާއްޖެ ވަޑައިގެންފި

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ދާދި ދެންމެ ރާއްޖެ ވަޑައިގެންފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މައިކް ޕޮމްޕެއޯއަށް މަރުޚަބާ ވިދާޅުވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދާއި، ދިވެހި ސަރުކާރުގެ އިސްބޭފުޅުންނެވެ.

އެއަރޕޯޓްގެ ވީއައިޕީގައި މަޑުކޮށްލެއްވުމަށްފަހު މައިކް ޕޮމްޕެއޯ ދެން ވަޑައިގެންނެވުމަށް، ހަމަޖެހިފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހާއި ބައްދަލުކުރެއްވުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރެއްވުމަށްފަހު، ދެން މައިކް ޕޮމްޕެއޯ ވަޑައިގަންނަވާނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއިއެކު ކުރިއަށްގެންދަވާ ރަސްމީ ބައްދަލުކުރެއްވުމަށެވެ. މި ބައްދަލކުރެއްވުން އޮންނާނީ ޝެރެޓަން ފުލްމޫން ރިޒޯޓުގައެވެ.

ރާއްޖޭގައި ބާއްވާ ރަސްމީ މަޝްވަރާތަކަށްފަހު، މައިކް ޕޮމްޕެއޯގެ ޕްރެސް ސްޓޭޓްމަންޓް ދެއްވުން އޮންނާނީ މިއަދު ހަވީރު 04:00ގައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!