ވެންޓިލޭޓަރ މައްސަލައިގަ ޕީޖީ ހާޒިރުކުރި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި

ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަން ހިނގާ ދިޔަ ގޮތް ސާފު ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ހާޒިރުކުރި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފިއެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ފަށާފައިވަނީ 11:00 ގައެވެ.

ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހާ ދެމެދު ޙިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ އިރު، މި މައްސަލަ ނިމެންދެން މަޖިލީހުން ވެސް ފާރަވެރިވާންޖެހޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ވަނީ ވިދާޅުވެފައެވެ. މި މައްސަލައާ ގުޅިގެން ރައީސް ނަޝީދު ވަނީ ޖުޑިޝަރީ ކޮމިޓީއަށް މެމޯއެއް ވެސް ފޮނުއްވާފައެވެ.

ވެންޓިލޭޓަރ މައްސަލައާ ގުޅިގެން ޕީޖީ ޝަމީމް ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރެވުނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ހުށައެޅުއްވުމަކަށެވެ. ޙަސަން ލަތީފް ވިދާޅުވެފައި ވަނީ މިއީ ޚާއްސަ އިސްކަމެއް ދީގެން ބަލަންޖެހޭ މައްސަލައެއް ކަމަށާއި، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިސްތިއުފާއާއެކު މި މައްސަލަ ނިމިގެންދާ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އެގޮތުން މި މައްސަލަ ކޮމިޓީން ދިރާސާ ކުރާއިރު، ލިއުމުން މި މައްސަލައާ ގުޅޭ މައުލޫމާތު ހޯއްދެވުމުގެ އިތުރުން، ޕީޖީ ހުސައިން ޝަމީމް ކޮމިޓީއަށް ހާޒިރު ކުރުމަށް ހުށައެޅުއްވިއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!