އަޖޭއާ ދިމާނުވި ނަމަ ޝާހު އާ އިނީސް ތޯ ފޭނަކު އެހުމުން ކާޖަލް ދިން ޖަވާބު އެނގޭތަ؟

1990 ގައި ގިނަ ބައެއްގެ އެންމެ ފެވަރިޓް ބޮލީވުޑް އޮން-ސްކްރީން ޖޯޑަކީ ޝާހްރުކް ޚާނާއި ކާޖަލް ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ދެމީހުން އެކުގައި ކުޅުނު ކޮންމެ ފިލްމެއް ބޮޑު ހިޓަކަށް ވެފައިވާއިރު، އެމީހުންގެ ފޭނުން އެންމެ ހިތާމަ ކުރާކަމަކީ، ފިލްމުތަކުގައި އެހާ ކެމިސްޓްރީ ދިމާވާ ދެމީހަކު، ހަގީގީ ދިރިއުޅުމުގައި ލޯބީގެ ގޮތުން ގުޅިފައިވާ ނުވާތީއެވެ..

އެކަމާ ގުޅޭގޮތުން ފޭނަކު މީގެކުރިން ކާޖަލް އަށް ސުވާލު ކޮށްފައިވެއެވެ. އެގޮތުން ކާޖަލްގެ އިންސްޓަގްރާމްގައި ހުޅުވައިލި ސުވާލާއި ޖަވާބުގެ ސެޝަންގައި ފޭނަކު ކުރި ސުވާލަކީ، ކާޖަލްގެ ފިރިމީހާ އަޖޭ ދޭވްގަން އާ ދިމާވިނުވި ނަމަ، ޝާހްރުކް ޚާނާ ކައިވެނި ކުރީސް ތޯއެވެ.

ނަމަވެސް އެ ޝައުގުވެރި ސުވާލަށް ކާޖަލް ދިނީ އެހާ ސީރިއަސް ޖަވާބެއް ނޫނެވެ. ކާޖަލް ބުނީ، ކައިވެންޏަށް އަހަން ޖެހޭނީ އެކަމަށް އެދޭ ފިރިހެން މީހާ ކަމަށެވެ.

ހަގީގަތަކީ، ކާޖަލް ބޭނުންވިޔަސް ޝާހު އާ އިނުމުގެ ފުރުސަތެއް އޭރުވެސް ނެތް ކަމެވެ. ސަބަބަކީ، ޝާހްރުކް ޚާން އެކްޓަރަކަށްވެ ބޮލީވުޑަށް ނުކުތްއިރު ވެސް އޭނާއަކީ މީހެއްގެ ފިރިއެއް ކަމެވެ. އަދި ޝާހު އާއި ގޯރީގެ ކައިވެންޏަށް ދާދިފަހުން ވަނީ 29 އަހަރު ފުރިފައެވެ.

ޝާހްރުކް ޚާނާއި ކާޖަލް އެކީގައި ކުޅުނު ކާމިޔާބު ފިލްމުތަކަށް ބަލާއިރު، “ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއެގޭ”، “ކުޗް ކުޗް ހޯތާ ހޭ”، “ބާޒީގާރް” އަދި “ކަބީ ޚުޝީ ކަބީ ގަމް” ފާހަގަކޮށްލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!