ފަނޑިޔާރުގެ ކޮރަޕްޝަންގެ އައްޑާއަކަށް ހެދީ ރައީސް ޔާމީން: ރައީސް ނަޝީދު

ފަނޑިޔާރުގެ ކޮރަޕްޝަންގެ އައްޑާއަކަށް ބަދަލުކުރީ ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން  ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިމިވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިޞްލާޙު ކުރުމަށް އިދިކޮޅުން ހުށައެޅި ބިލު، ބަހުސް ކުރުމެއްނެތި އެމްޑީޕީން ބޭރުކޮށްލުމާ ގުޅިގެން އިދިކޮޅުން ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ބަނގުރޫޓޫކޮށް، ފަނޑިޔާރުގެ ކޮރަޕްޝަންގެ އައްޑާއަކަށް ބަދަލުކުރީ ރައީސް ޔާމީންގެ ލަފަޔާ އިރުޝާދާއި ބައިވެރިވުމުގެ ދަށުން ކަން ދިވެހިންނަށް ހަމަ ރަނގަޅަށް އެނގޭ ކަމަށެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިފައިވާ ގޮތަށް ބަދަލު ގެންނައުމަށްޓަކައި ގާނޫނު އަސާސިއަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުން ބަލައި ނުގެނެ، މިއަދުގެ ޖަލްސާގައި އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ. އެ ބިލާ އެއްކޮޅަށް ވޯޓު ދެއްވީ އެންމެ 13 މެމްބަރުންނެވެ. ނުފެންނަ ކަމަށް 50 މެމްބަރަކު ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު ތިއްބެވިއެވެ.

މައްސަލަ ބޭރުކޮށްލުމުން، އިދިކޮޅު ޕީޕީއެމުން ސަރުކާރަށާއި، ވެރިކަން ކުރާ ޕާޓީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވެއެވެ. އެގޮތުން އެމްޑީޕީއާއި މި ސަރުކާރުގެ ނުފޫޒު ޝަރުޢީ ނިޒާމަށް އިންތިހާއަށް އޮތްކަމަށް ޕީޕީއެމުން ތުހުމަތުކޮށްފައި ވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!