ފީފާގެ ރައީސް އިންފަންޓީނޯ ޕޮޒިޓިވްވެއްޖެ

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އިންފަންޓީނޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ފީފާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ފީފާއިން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 ގެ އަލާމަތް ހުރުމުން އިންފަންޓީނޯ ވައިރަހަށް ޓެސްޓު ކުރި ކަމަށާއި، އެ ޓެސްޓުގެ ނަތީޖާ ދައްކާ ގޮތުން އިންފަންޓީނޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެއާއެކު އުމުރުން 50 އަހަރުގެ އިންފަންޓީނޯ މިހާރު ހުރީ ސެލްފް-އައިސޮލޭޝަނުގައެވެ. ފީފާއިން ބުނީ ކުރިއަށް އޮތް 10 ދުވަހު އިންފަންޓީނޯ ހުންނާނީ އައިސޮލޭޝަނުގައި ކަމަށެވެ. އަދި ފާއިތުވެދިޔަ ދުވަސްތަކުގައި އިންފަންޓީނޯއާ ބައްދަލުވި އެންމެ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް އިލްތިމާސް ކުރާ ކަމަށްވެސް ފީފާއިން ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ފީފާގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އިންފަންޓީނޯ އިންތިޚާބުކުރިއިރު، އޭނާ އެންމެ ފުރަތަމަ އެ މަގާމަށް އިންތީޚާބުވެވަޑައިގަތީ 2016 ވަނަ އަހަރުގެ ފެބްރިއަރީ މަހުގެ ތެރޭގައެވެ. އަދި ދެވަނަ ދައުރަކަށް އިންތިޚާބުވުމާއެކު 2023 ވަނަ އަހަރުގެ ނިޔަލަށް ފީފާގެ ރައީސްގެ މަގާމުގައި އިންފަންޓީނޯ ދެމިހުންނަވާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!