ބ އަތޮޅު ކޯވިޑް ފެސިލިޓީގައި ފަސް މީހަކަށް ފަރުވާދޭން ފަށައިފި

ބ.އަތޮޅު ހޮސްޕިޓަލުގައި ހަދާފައިވާ ކޯވިޑްއަށް ފަރުވާދޭ މަރުކަޒަށް ފަރުވާދިނުމަށް އިތުރު ފަސްމީހަކު ގެނަސް ފަރުވާނެ ދޭން ފަށައިފިއެވެ.

ރ އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުން އަންނަ ކުޑަކުރަތުން ގެނައި މި ފަސް މީހުންނަކީ ސްރީލަންކާ ބައެކެވެ. މީގެ 3 ދުވަސް ކުރިންވެސް އެރަށުން އެކަކު ގެނެސް ފަރުވާން ދޭން ފަށާފައި ވެއެވެ. އެ މީހާގެ ހާލު ރަގަޅު ކަމަށާއި، ރޭގައި ގެނައި ފަސްމީހުންނަށްވެސް ފަރުވާދެމުން އަންނަކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެވެ.

މީގެ ތެރޭގައި 65 އަހަރުން މަތީގެ މީހަކު ހިމެނެއެވެ. ދެން ހިމެނެނީ 35 އަހަރުން މަތީގެ މީހުންކަމަށް މައުލޫމާތު ލިބެއެވެ.

ކޯވިޑް 19 އަށް ޕޮޒިޓިވްވެ ފަރުވާއަށް ފެސިލިޓީތަކަށް ގެންދަނީ، އަލާމާތްތައް ހުންނަ މީހުންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ކުޑަކުދިންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނެވެ. އަދި ދިގު މުއްދަތައް ބޭސް ކާމީހުންވެސް ފަރުވާއަށް ގެނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!