ޕޮމްޕެއޯ ރާއްޖެ ވަޑައިގަންނަވާތީ މާދަމާ ބްރިޖާއެކު މާލޭގެ 4 ސަރަހައްދެއް ބަންދު ކުރަނީ

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މާދަމާ ރާއްޖެއަށް ވަޑައިގަންނަވާ ދަތުރުފުޅާއި ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ބަންދުކުރާ މަގުތަކާއި ސަރަހައްދުތަކުގެ މައުލޫމާތު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ، ޕޮމްޕޭއޯ މާދަމާ ރާއްޖެ ވަޑައިގެން ބާއްވަން ހަމަޖެހިފައިވާ ރަސްމިއްޔާތާއި ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި، އެއާޕޮޓް މަގާއި، ސިނަމާލެ ބުރިޖާއި، ބޮޑުތަކުރުފާނު މަގުގެ އިތުރުން ގްރީން ޒޯން ބަންދުކުރެވޭނެ ކަމަށެވެ. 

އެގޮތުން މި މަގުތަކާއި ސަރަހައްދު ބަންދުވާނީ މާދަމާގެ 12:30އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. 

ޕޮމްޕެއޯ ރާއްޖެއަށް މާދަމާ ކުރައްވާ ދަތުރުފުޅުގައި، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަމާއި، ޓެރަރިޒަމާ ދެކޮޅަށް އެކުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުންނާއި، ދެ ގައުމުގެ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވޭނެއެވެ. ނަމަވެސް ބައްދަލުވުންތަކުގައި ދެ ގައުމުން އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށް މިހާތަނަށް އެނގިފައެއް ނުވެ އެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!