ނެޝަނަލް ޑިމޮކްރެޓިކް ކޮންގްރެސްގެ ނަމުގައި އައު ސިޔާސީ ޕާޓިއެއް

“ނެޝަނަލް ޑިމޮކްރެޓިކް ކޮންގްރެސް”ގެ ނަމުގައި އައު ސިޔާސީ ޕާޓިއެއް އުފައްދަން ހުއްދަ ދީފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ “ނެޝަނަލް ޑިމޮކްރެޓިކް ކޮންގްރެސް”ގެ ނަމުގައި ސިޔާސީ ޕާޓިއެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށެެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް އިން ދިނުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

ރާއްޖޭގައި މި ވަގުތު ރަޖިސްޓްރީކޮށްފައި އޮތީ 10 ސިޔާސީ ޕާޓީއެކެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!