މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް އަންނަމަހުގެ މެދުތެރޭ ހުޅުވޭވަރުވާނެ: މިނިސްޓަރ މައުސޫމް

މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް އަންނަމަހުގެ މެދުތެރޭ ހުޅުވުމުގެ ހުއްދަ ދެވޭވަރުވާނެކަމަށް އުއްމީދުކުރައްވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަރވިއުއެއްގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ގްރޭޓަރ މާލެ ސަރަޙައްދުގައި ހިންގާ ގެސްޓުހައުސްތަށް ހުޅުވުމުގެ ހުއްދަ ދެވޭނީ އެޗްޕީއޭއިން ހުއްދަ ދިނުމުންކަމަށެވެ.

” މާލެ ސަރަޙައްދުގެ ގެސްޓުހައުސްތައް ބަންދުކޮށްފައި ބަހައްޓާ ކޮންމެ ދުވަހަކީ ގެއްލުން ވާ ދުވަސްތައް، އުއްމީދަނީ އަންނަ މަހުގެ މެދެއްހާތާގައި ހުޅުވިގެންދިޔުން، މިކަންތައްތައް ގުޅިފައިވަނީ ރާއްޖޭގެ ކޯވިޑު މެނޭޖްމަންޓާއި ނަމްބަރުތަކާއި، ހުޅުވާލަން އެޗްޕީއޭއިން ހުޅުވާލަން ހުއްދަ ދޭހާ އަވަހަކަށް ޓޫރިޒަމް މނިސްޓްރީން އެމަސައްކަތް ކުރިއަށް ގެންދާނަން،” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މީގެ ކުރިން ވިދާޅުވެފައިވަނީ މާލެ ސަރަޙައްދުގައި ހިންގާ ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަ ދެވޭނީ ކޯވިޑް19އަށް ފޮޒިޓިވްވާ މީހުންގެ އިންސައްތަ 5 އިންސައްތައަށް ނާރުވާ ވިދިވިދިގެން 2 ހަފްތާ ހިފަހައްޓާލުމުން ކަމަށެވެ. އަދި މިއީ އެންމެން ގުޅިގެން ކުރެވިދާނެކަމެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!