އާޒިމް މެންބަރުކަމުން ވަކިވުމުން މަޖިލީހުން ނެރުނު މައްސަލަ ބަލައިދޭން އެދިއްޖެ

ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް 2013 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ނެރުނު މައްސަލަ ބަލައިދޭން އެދިއްޖެއެވެ

2013 ވަނަ އަހަރުގެ އޮކްޓޯބަރ 26 ވަނަ ދުވަހު އާޒިމް މަޖިލިސް ކުރާގެއަށް ވަންނަން އުޅުމުން ސިފައިން އޭނާ ނެރުނީ އޭރު އޭނާ މަޖިލިސް މެންބަރު ކަމުން ވަކިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފައި އޮތުމުންނެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ އޮކްޓޯބަރ 26 ވަނަ ދުވަހު އޮތް މަޖިލިސް ޖަލްސާއަށް ވަންނަން އާޒިމް އުޅުމުން ސިފައިން އޭނާ ހުއްޓުވައި ފުލުހުންނާއި ހަވާލު ކުރި އެވެ. އެދުވަހު އާޒިމް މަޖިލީހުން ނެރުނު މައްސަލައިގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ މަޖިލިސް ތެރެއަށް ވަން ސިފައިންގެ މައްޗަށް ވަކިވަކިން ދައުވާ އުފުލޭނެ ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދުގެ އެޓްވީޓް މިއަދު ރީޓްވީޓް ކުރައްވަމުން އާޒިމް އެ މައްސަލަ ބައްލަވައި ދިނުމަށް އެދި ދަންނަވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!