ސިފައިންގެ ތިން އޮފިސަރަކަށް މަގާމުގެ ކުރިއެރުން ދީފި

ސިފައިންގެ ތިން އޮފިސަރަކަށް މަގާމުގެ ކުރިއެރުން ދީފި އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ މަގާމުގެ ކުރި އެރުން ދީފައިވަނީ ލެފްޓިނަންޓް ކާނަލްގެ މަގާމުގައި ތިއްބެވި ތިން އޮފިސަރުންނަށް ކަމަށެވެ. އެ ތިން އޮފިސަރުން ޕްރޮމޯޓް ކޮށްފައިވަނީ ކާނަލްގެ މަގާމަށެވެ.

މަގާމުގެ ކުރިއެރުން ދިން ތިން އޮފިސަރުންނަކީ ލެފްޓިނަންޓް ކާނަލް އަހްމަދު ނަޝީދު އާއި ލެފްޓިނަންޓް ކާނަލް ހަސަން ޝާހިދު އާއި ލެފްޓިނަންޓް ކާނަލް އިސްމާއީލް ނަސީރުއެވެ.

ސިފައިންގެ ތިން އޮފިސަރަކަށް މަގާމުގެ ކުރިއެރުން ދީފައިވާއިރު އެ އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދިން އުސޫލާދޭތެރޭ ސުވާލު އުފައްދާ ބައެއް ފަރާތްތަކުން ދަނީ ވާހަކަދައްކަމުންނެވެ. ނަމަވެސް އެ ތިން އޮފިސަރުންނަށްވެސް މަގާމުގެ ކުރިއެރުން ދީފައިވަނީ ސިފައިންގެ ތެރޭގައި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިންނެވެ. މި ތިން އޮފިސަރުންގެ ތެރޭގައި ހަތް އަހަރު ދުވަހު ލެފްޓިނެންޓް ކާނަލްގެ މަގާމުގައި ތިއްބެވި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!