ސައިފް އާއި ކަރީނާ ގެ ލޯބި މި ފޮޓޯއިން އުތުރި އަރަނީ

ލާލް ސިންގ ޗައްޑާގެ ޝޫޓިންގ އަށް ފަހު ކަރީނާ ކަޕޫރު މިހާރު ވަނީ މުމްބައި އަށް ގޮސްފައިއެެވެ. އަދި ކަރީނާ އަންނަނީ ފިރިމީހާ ސައިފް އަދި ދަރިފުޅު ތައިމޫރު އާއި އެކު ވަގުތު ހޭދަކުރަމުންނެވެ.

އަދި ހަމަ އޭއާއި އެކު އޭނާ ވަނީ ސޯޝަލް މީޑީއާގައި ވެސް ވަރަށް އެކްޓިވްކޮށް އުޅެން ފަށައިފައިއެވެ. ކޮންމެ ދުވަހަކުވެސް ދަނީ ތަފާތު ފޮޓޯތަށް ޝެއާ ކުރަމުންވެ. ކަރީނާ އެންމެ ފަހުން ޝެއާކުރި ޕޮޓޯގައި ފެންނަނީ ސައިފް ކަރީނާ ގައިގައި ބައްދާލައިގެން ހުއްޓައިއެވެ. އަދި މީ 2008 ގެ ތްރޯ ބެކް އެއް ކަމަށް ކަރީނާ ބުނެފައިވެއެވެ.

ދާދި ފަހުން ކަރީނާ ވަނީ ދެވަނަ ދަރިފުޅަށް ބަނޑުބޮޑު ކަމަށް އިއުލާން ކޮށްފައިއެވެ. ކަރީނާ މީހާރު ހުރީ ލާލް ސިންގ ޗައްޑާގެ ޝޫޓީންގ އެއްކޮށް ނިންމާ ޗުއްޓީއެއްގައިއެވެ.

ކަރީނާގެ އިތުރު ފިލްމެއް ދެން އަންނާނީ ބެލެވޭ ގޮތުގައި ވިހެއުމަށް ފަހުގައިއެވެ. ކަރީނާ ވިހާނެ ކަމަށް ބުނެފައި ވަނީ 2021 ގައިއެވެ. ސައިފް ގެ ކުރިއަށް އޮތް ފިލްމަކީ ބޫތް ޕޮލިސް އެވެ. މި ފިމުގައި ސައިފް އާއި އެކު އަރުޖުން ކަޕޫރް، ޔަމީ ގޯތަމް، އަދި ޖެކުއަލިން ފެނަންޑެޒް ފެނިގެން ދާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!