ބިގްބޮސް ގޭގައި ސަލްމާން ދިރިއުޅޭ ބައި ވަރަށް ފުރިހަމަ

އިންޑިއާގެ ކަލާޒް ޗެނަލުން ކޮންމެ އަހަރަކު ގެނެސްދޭ މަޝްހޫރު ރިއަލިޓީ ޝޯ “ބިގް ބޮސް” އަކީ އިންޑިއާގެ އެންމެ މަޤުބޫލު ރިއަލިޓީ ޝޯއެވެ. ގިނަ ބަޔަކު އެހާ ޝައުގުވެރިކަމާއެކު މި ޝޯ ބަލާ އެއް ސަބަބަކީ ސަލްމާން ޚާން ހޯސްޓް ކޮށްދޭތީއެވެ.

މިދިޔައަހަރުގެ ޝޯއަށްވެސް ސަލްމާން އަށް ވަނީ ވަކިން ދިރިއުޅޭނެ ބޮޑު ތަނެއް ޕްރޮޑިއުސަރުން ހަދާދީފައެވެ. މިފަހަރުގެ ޝޯއަށް ވެސް ސަލްމާން އަށް ވަނީ ބިގްބޮސް ގޭގައި ވަރަށް ފެންވަަރުގެ ތަނެއް ހަދާފައެވެ. މަޝްހޫރު އާޓް ޑައިރެކްޓަރު އޮމަންގް ކުމާރް ވަނީ ސަލްމާން ދިރިއުޅޭ ތަން މެކްސިކަން ޑިޒައިން އަކަށް ހަދާފައެވެ. މިތަނުގައި ބޮޑު ޓީވީ ސްކްރީން އަކާއި، ޑަބަލް ބެޑަކާއި ޕްރައިވެޓް ޖިމެއްވެސް ހުރެއެވެ.

ބިގް ބޮސް ގައި ސަލްމާން ހޯސްޓު ކޮށްދޭ ކޮންމެ އެޕިސޯޑަކަށް 5 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއް އޭނާއަށް އާންމުކޮށް ލިބެއެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން މިފަހަރު އޭނާ ހޮސްޓްކޮށްދޭ އަގު ވަނީ ކުޑަކޮށްދީފައެވެ. ސަލްމާން ބިގް ބޮސް ހޯސްޓު ކޮށްދޭން ފަށާފައިވަނީ ޝޯގެ 4 ވަނަ ސީޒަނުން ފަށައިގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!