ގަތަރުގެ ލުއި ލިސްޓުގައި ރާއްޖެ ހިމަނައިފި

ގަތަރުގެ ގްރީން ލިސްޓުގައި ރާއްޖެ ހިމަނައި ރާއްޖެއިން ގަތަރަށް ދާ މީހުންނަށް ކަރަންޓީނުގައި ލުއި ދިނުމަށް ގަތަރު ސަރުކާރުން ނިންމައިފިއެވެ.

މި ލިސްޓުގައި ރާއްޖެ ހިމެނުމުން ރާއްޖެއިން ގަތަރަށްދާ ފަރާތްތައް ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނީ ގޭގައި ތިބެގެންނެވެ. މީގެކުރިން ކަރަންޓީނުވާން ޖެހެނީ އެކަމަށް ކަނޑައަޅާފައިވާ ހާއްސަ ތަންތަނުގައެވެ.  ހަދި ހަ ދުވަހުގެ ކަރަންޓީނަށްފަހު ކޮވިޑު 19 އަށް ޓެސްޓު ކުރަން ޖެހޭނެއެވެ.

ގަތަރުގެ ޕަބްލިކް ހެލްތު މިނިސްޓްރީ އިން ބުނީ ގްރީން ލިސްޓުގައި ގައުމުތައް ހިމަނަނީ އެ ގައުމެއްގައި ކޮވިޑު 19 ފެތުރޭ މިންވަރު ބެލުމަށްފަހު ކަމަށެވެ. ފާއިތުވި ދެތިން ހަފްތާ ތެރޭ ރާއްޖޭގައި ކޮވިޑު ފެތުރޭ މިންވަރު ހުރީ އެެވްރެޖު ގޮތެއްގައި އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެވްރެޖުކޮށް ރާއްޖެއިން މިހާރު ދުވާލަކު 30 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއެވެ.

ރާއްޖެ އަކީ ގަތަރުގެ ގްރީން ލިސްޓަށް އެރި ގައުމަކަށްވުމުން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދާނެ ކަމަށް ބެލެވެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!