ޤައުމުތަކުގެ މެދުގައި ސުލްހަ ގާއިމްކުރުމަށް އދ. އިން މުހިންމު ދައުރެއް އަދާކުރޭ: ރައީސް

އދ.އަކީ ތަފާތު ގޮންޖެހުންތަކާއެކުވެސް ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ސުލްހައާއި އަމާންކަން ގެނައުމުގައި މުހިންމު ދައުރެއް އަދާކުރާ ޖަމްޢިއްޔާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އދ. ރަސްމީކޮށް ވުޖޫދަށް އައިތާ 75 އަހަރު ފުރުނު މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އދ.އަކީ ތަފާތު ގޮންޖެހުންތަކާއެކުވެސް ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ސުލްހައާއި އަމާންކަން ޤާއިމްކޮށް ސުލްހަ މަސަލަސްކަން ޤާއިމްކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާ އެއްޖަމްއިއްޔާކަމަށެވެ. އަދި ކޯވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ޤައުމުތަކުގެ މެދުގައި އެއްރޫހެއް އދ.ގެ ބައިވެރިވުމާއެކު ފެނިގެންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އދ. ޤާއިމްކޮށްފައިވަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެފަދަ ޙާލަތެއް ދެވަނަ ފަހަރަށް މެދުވެރިވިޔަ ނުދިނުމަށް ޤައުމުތަކުން އެކުގައި މަސައްކަތްކުރަން ފެށުނު ހިސާބުންނެވެ. އދ އުފެއްދީ ސުލްހަވެރިކަން ދެމެހެއްޓުމަށް އޭރު މަސައްކަތްކުރި ޖަމުޢިއްޔާ، ލީގް އޮފް ނޭޝަންސް ފޭލިވުމުން އޭގެ ބަދަލުގައެވެ.

އދ. ގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ދަފްތަރު ކުރެވުނީ ސެޕްޓެމްބަރު 21، 1965 ގައެވެ. އެއީ އިނގިރޭސިންގެ ހިމާޔަތުން ނުވަތަ އަޅުވެތިކަމުން ރާއްޖެ މިނިވަންވެ މިނިވަން ގައުމެއްގެ ގޮތުގައި ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެ ބަލައިގަތްވާ ދެ މަހެއްހާ ދުވަސް ފަހުންނެވެ. އިނގިރޭސިންގެ ހިމާޔަތުގެ އެއްބަސްވުން އުވާލުމުގެ އެއްބަސްވުމުގައި ރާއްޖެއާއި އިނގިރޭސީންނާ ދެމެދު ސޮއިކުރީ ޖުލައި 26، 1965 ގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!