ފިރިމީހާގެ ހެދުން ވަގަށްނެގުމަކީ ވަރަށް ކުރާ ހިތްވާ ކަމެއް: ޕްރިޔަންކާ

ގިނަ ބައެއް ނަމޫނާއެއްގެ ގޮތުގައި ބަލާ މަޝްހޫރު ޖޯޑު ކަމަށްވާ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ބަތަލާ ޕްރިޔަންކާ ޗޯޕްރާއާ ގުޅޭ އާ ވާހަކައެއް ޕްރިޔަންކާ އަނެއްކާވެސް ހިއްސާކޮށްފިއެވެ.

ޕްރިޔަންކާ އިއްޔެ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯގައި ލައިގެން ހުރި ހުދު ކުލައިގެ އައުޓްފިޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނުތާ އިރުކޮޅެއްފަހުން ސްޓޯރީއަށް ލީ ކޮލާޖު ފޮޓޯގައި ދައްކުވައިދެނީ ހަމަ އެ އައުޓްފިޓް، ނިކް ލައިގެން ހުންނަ ތަނެވެ. ތަންކޮޅެއް ކުރިން ނަގާފައިވާ ނިކްގެ އެ ފޮޓޯއާއެކު ޕްރިޔަންކާ ލިޔެފައިވާ ގޮތުގައި، ފިރިމީހާގެ ހެދުން “ވަގަށް ނަގައިގެން” ލުމަކީ އޭނާ ވަރަށް ލޯބިކުރާ ކަމެކެވެ.

ކޮންމެއަކަސް އެމީހުންގެ ފޭނުންނަށް އެ ޕޯސްޓު ވަނީ ވަރަށް ކަމުގޮސްފައެވެ. އަދި އޭގެން އަންގައިދެނީ ޕްރިޔަންކާއާއި ނިކްގެ މެދުގައި އޮތް ސާފު ލޯބި ކަމަށް އެއްބަޔަކު ބުނެފައިވެއެވެ.

ނިކް ޖޯނަސް، 28، އާއި ޕްރިޔަންކާ ޗޯޕްރާ، 38، ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރެވެ. އުމުރުގެ ފަރަގު ބޮޑުކަމުން ދެމަފިރިންގެ ގުޅުމުގެ ފުރަތަމަ ދުވަސްކޮޅު ބައެއް މީހުންގެ މަލާމާތް ލިބިފައި ވިޔަސް، މިހާރު އެ ޖޯޑަކީ ގިނަބަޔަކު ބަލައިގަންނަ، އަދި ފޮލޯ ކުރަމުން އަންނަ ޖޯޑެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!