ރެކޯޑް އަދަދަކަށް އިނގިރޭސިވިލާތުން ކޮވިޑަށް މީހުން ޕޮޒިޓިވްވެއްޖެ

އިނގިރޭސިވިލާތުން މިދިޔަ 24 ގަޑިއިރު ތެރޭގައި ރެކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ހާމަ ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ސިއްހަތާއި ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ގައުމުން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި 26،688 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއީ 4 އޮކްޓޯބަރުގެ ފަހުން އެ ގައުމުން މި އަދަދަށް މީހުން ޕޮޒިޓިވްވެފައިވާ ދުވަހެހެވެ. 4 އޮކްޓޯބަރުގައި އެ ގައުމުން ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 22،961 އެވެ.

ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި އިނގިރޭސިވިލާތުން 191 މީހުން ވަނީ ކޮވިޑް-19 ގެ ބަލީގައި މަރުވެފައެވެ. އަދި 26،688 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!