އދ.ގެ ކޮމެޓީއަށް ފަނޑިޔާރު ޝުޖޫން އިންތިހާބުވެއްޖެ

އދ.ގެ ސަބް ކޮމިޓީއަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝަތު ޝުޖޫން މިއަދު އިންތިހާބުކޮށްފި އެވެ.

ސްވިޒަލެންޑްގެ ވެރިރަށް ޖެނީވާގައި ބޭއްވި އެ އިންތިހާބުގައި ޝުޖޫން އިންތިހާބުކޮށްފައި ވަނީ، އަނިޔާވެރިކަމާއި ނާއިންސާނީ އަމަލުތަކާ ދެކޮޅަށް މަސައްކަތް ކުރާ ސަބް ކޮމިޓީ، ޕްރިވެންޝަން އޮފް ޓޯޗާ އެންޑް އަދާ އިންހިއުމަން އޯ ޑީގްރޭޑިން ޓްރީމެންޓް އޯ ޕަނިޝްމަންޓް އަށެވެ.

އެ ކޮމިޓީއަކީ، އދ.ގެ އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ކޮންވެންޝަން އެގެއިންސްޓް ޓޯޗާ ގެ ދަށުން އިންތިހާބުކުރާ ކޮމެޓީއެކެވެ.

މީގެ ކުރިން ޝުޖޫން މި ކޮމެޓީއަށް އިންތިހާބުވެފައި ވަނީ 2011ވަނަ އަހަރު އެވެ. އޭނާ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އެ މަގާމް ފުރުއްވާފައި ވެއެވެ.

12 މެންބަރުން ހިމެނޭ އެ ކޮމެޓީއަށް މެމްބަރުން އިންތިހާބު ކުރަނީ ތިން އަހަރުގެ ދައުރަކަށެވެ. އަލަށް އިންތިޚހާބު ކުރި މެމްބަރުންގެ ދައުރު ފެށޭނީ އަންނަ އަހަރުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!