މިނިސްޓަރ ނަސީމް ތަފާތު ދައްކަވާނެކަން ޔަޤީން: ނަޝީދު

މިނިސްޓަރ އޮފް ހެލްތުގެ މަގާމަށް މިއަދު އައްޔަންކުރެވުނު އަހުމަދު ނަސީމް (ކެރަފާ ނަސީމް) ތަފާތު ދައްކަވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރު ކަމަށް ނަސީމް އައްޔަން ކުރައްވައި ލިޔުން ހަވާލުކުރެއްވީ މިއަދު އެވެ.

ހެލްތު މިނިސްޓަރު ކަމަށް ނަސީމް އައްޔަން ކުރެއްވުމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަސީމަށް މަރުހަބާ ދަންނަވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ނުހަނު ބޮޑަށް، ހިންގުންތެރި އަދި ތަޖުރިބާހުރި ބޭފުޅެއް ބޭނުންޖެހިފައިވާ ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ފުރިހަމަ ނިންމެވުމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑަށް ޔަގީން މިނިސްޓަރު ނަސީމް ތަފާތު ދައްކަވާނެ” ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ނަސީމް މީގެކުރިން ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!