މީރާ, މޫނުގެ ހަންގަނޑު އޮމާން ކޮށް ތާޒާ ކަންމަތީ ބެހެއްޓުމަށް ބޭނުން ކުރަނީ މި!

ޝާހިދް ކަޕޫރް ގެ އަންހެނުން މީރާ ރާޖް ޕޫތް އަކީ އާދައިގެ އެހެން ނަމަވެސް ސްޓައިލިޝް ފެޝަނެއް ގެންގުޅޭ މީހެކެވެ. މީރާ އަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި އަދި ގިނަ ބަޔަކު ފޮލޯ ކުރާ މީހެކެވެ.

ދާދި ފަހުން މީރާ ވަނީ އޭނާގެ ސްކިން ކެއާ ރޫޓީން ވަނީ އިންސްތަގްރާމްގައި ހިއްސާކޮށްފައިއެވެ. މީރާ ބުނީ ގިނަބައެއްގެ ރިކުއެސްޓް ލިބެމުންދާތީ ހިއްސާ ކުރި ވީޑިއޯއެއް ކަމަށެވެ.

މި ވީޑިއޯގައި އޭނާ ހުރި ސާދާ ގޮތަށް ގިނަ ބައެއްގެ ތައުރިފް ވަނީ ލިބިފައިއެވެ. އެގޮތުން އޭނާ ލައިގެން ހުރީ ޒާރާ ބްރޭންޑްގެ ކްރޮޕް ޓޮޕެކެވެ. މި ޓޮޕުގެ އަގަކީ 2290 ރުޕީސް އެވެ.

ހަމަ އެއާއެކު ދެން ގިނަ ބަޔަކު އަޅައިގަތީ މީރާގެ މޭކަޕް ނެތް މޫނެވެ. ހަމައެކަނި މޮއިސްޗަރައިޒާއެއް ބޭނުން ކޮށްފައި ހުރި ކަމުގައި ވިޔަސް މޫނުގެ ހަންގަނޑު އޮމާންކަން ވަނީ އެތަށް ބަޔަކު ފާހަގަ ކޮށްފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!