ބޯޑަރު ހުޅުވިފަހުން ރާއްޖެއަށް 27217 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

ބޯޑަރު ހުޅުވާލިތާ ތިން މަސް ތެރޭ ރާއްޖެއަށް 27،217 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.

އިމިގްރޭޝަނުން މިއަދު އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު ބޯޑަރު ހުޅުވާލިތާ ތިން ވަނައަށް ވީމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އޭގެ ކުރީ މަހާ އަލާބަލާއިރު 56 ޕަސެންޓް އިތުރުވެފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އަލުން ބޯޑަރު ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 15 ދުވަހު އެވެ.

އިމިގްރޭޝަނުން ބުނީ ބޯޑަރު ހުޅުވިތާ ތިންވަނަ މަހު ރާއްޖެ އަށް ވަނީ 8350 ފަތުރުވެރިން އައިސްފައިވާ ކަމަށްވެސް އިމިގަރޭޝަނުން ބުނެއެވެ.

ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާ އިންނެވެ. އަދި ޔޫއޭއީ، އެމެރިކާ، ޔޫކޭ، އަދި ސްޕެއިން، ޖަރުމަނުވިލާތް، ފްރާންސް، ބްރެޒިލް، ޔޫކްރެއިން އަދި މިސްރުން ވެސް ރާއްޖެ އަށް ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!