ބިގް ބޮސް 14: ރުބީނާއާއި އަބިނަވް ހެދި ބޮޑު ދޮގެއް ފަޅާއަރައިފި!

ކަލާޒް ޗެނަލުން ގެނެސްދޭ މަޤުބޫލު ރިއަލިޓީ ޝޯ “ބިގް ބޮސް 14” ގައި ބައިވެރިވެގެން އުޅޭ މަޝްހޫރު ދެމަފިރިން ކަމަށްވާ ޓީވީ އެކްޓްރެސް ރުބީނާ ދިލައިކް އާއި އެކްޓަރު އަބިނަވް ޝުކްލާ ބިގް ބޮސްގެ ގޭގައި ތިބެގެން ހެދި ދޮގެއް، ކުރީ ސީޒަނެއްގެ ބައިވެރިއެއް ކަމަށްވާ މަންނޫ ޕަންޖާބީ ފަޅާއަރުވާލައިފިއެވެ.

މިދިޔަ “ވީކަންޑް ކާ ވާރު” އެޕިސޯޑުގައި ބިގް ބޮސް ރުބީނާ އާއި އެހެން ބައިވެރިއެއް ކަމަށްވާ ނިކީ ތަމްބޯލީ ބައިވެރިކޮށްގެން ހަވާލުކުރި ގޭމެއް ކުޅެން ރުބީނާ ދެކޮޅު ހަދައި، ޝޯގެ ހޯސްޓު ސަލްމާން ސުވާލު ކުރުމުން ބުނީ އޭނާއަށް އެ ގޭމު ސިފަވަނީ އޭނާގެ އަގުވެއްޓޭ ކަހަލަ ގޭމެއްގެ ގޮތުގައި ކަމަށެވެ. އޭގެ ރައްދުގައި ސަލްމާން ވަނީ، ރުބީނާ މީގެކުރިން “ބިގް ބޮސް” ނުބަލަންތޯ ސުވާލުކޮށްފައެވެ. އަދި އެކަހަލަ ގޭމުތަކަކީ “ބިގް ބޮސް” ގައި އާންމު އެއްޗެއް ކަމަށް ސަލްމާން ބުނުމުން ރުބީނާ ބުނީ މީގެކުރިން ދުވަހަކުވެސް “ބިގް ބޮސް” ބަލާފައި ނުވާނެ ކަމަށެވެ. އެއާއެކު ސަލްމާން ވަނީ އެ ސުވާލު ރުބީނާގެ ފިރިމީހާ އަބިނަވް އާ ވެސް ކޮށްފައެވެ. އަބިނަވް ބުނީ އޭނާ ބެލީ އެންމެ ދެ އެޕިސޯޑު ކަމަށެވެ.

ނަމަވެސް “ބިގް ބޮސް 10” ގައި ބައިވެރިވި މަންނޫ ޕަންޖާބީ ކުރި ޓްވީޓެއްގައި ވަނީ ރުބީނާއާއި އަބިނަވް ހެދި ދޮގު ފަޅާއަރުވާލައިފައެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހު މަންނޫ ކުރި ޓްވީޓުގައި ވަނީ، ރުބީނާއާއި އަބިނަވްގެ ކުރީގެ ވީޑިއޯއެއް ހިއްސާކޮށްފައެވެ. އެ ވީޑިއޯގައި އިންޓަވިއު ކުރަން ހުންނަ މީހާ، “ބިގް ބޮސް” ޝޯ އާ ބެހޭގޮތުން އަހާފައިވާ ހުރިހާ ސުވާލަކަށް އެ ދެމަފިރިން ވަނީ ވަރަށް ފުރިހަމައަށް ޖަވާބުދީފައެވެ. އަދި އެކި ސީޒަންތަކާ ބެހޭގޮތުން ކުރި ސުވާލުތަކުގެ ޖަވާބުވެސް، ދެމަފިރިން ވަނީ ރަނގަޅުކޮށްފައެވެ. މީގެން އެނގިގެންދަނީ، “ބިގް ބޮސް” އަކީ މި ދެމަފިރިންނަށް އާ އެއްޗެއް ނޫން ކަމެވެ. އަދި، ދުވަހަކުވެސް އެ ޝޯ ނުބަލާ ކަމަށްބުނެ ރުބީނާ ހަދާފައިވަނީ ދޮގެއް ކަން ހާމަވެއެވެ.

“ޝަކްތީ” ސިލްސިލާއިން ގިނަ ބައެއްގެ ލޯބި ހޯދި ރުބީނާ އާއި އޭނާގެ ފިރިމީހާ އަބިނަވް އަކީ “ބިގް ބޮސް” ގެ މިއަހަރުގެ ސީޒަންގައި އެންމެ ބޮޑު އަދަދަކުން ފައިސާ ހުށަހަޅާފައިވާ ބައިވެރިންކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ރުބީނާ މިހާތަނަށް ފެނިގެންދަނީ ޝޯއާ މާބޮޑަށް ގަޔާނުވެ، ކުދިކުދި ކަންތައްތަކާ ހިތްހަމަނުޖެހިގެން ޝަކުވާ ކުރާ ތަނެވެ. އަދި ޝޯ ދޫކޮށްލުމާ ބެހޭގޮތުން ވެސް ރުބީނާ ވަނީ ވާހަކަ ދައްކައިފައެވެ.

  1. ބިގް ބޮސް އާ ބެހޭ ހަބަރުތައް އަޑު އިވުނަސް ޖަވާބު ދެވޭ ކަހަލަ ސުވާލުތަކެއް ކޮއްފަ ހުރީ އެވެސް ކޮށި ކޮށި ކޮން ދީފަ ހުރި ޖަވާބުތަކެއް…ކޮބާ ދޮގު ހެދިކަން ސާބިތު ވެފަ..

    6
    1

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!