ދުނިޔޭގެ ލަނޑު ލިސްޓުގެ ހަވަނައިގައި ދަގަނޑޭ

ދުނިޔޭގެ ފުޓުބޯޅައިގައި މިހާތަނަށް ރިޓަޔާނުވެ ކުޅެމުން އަންނަ ކުޅުންތެރިންގެ ލިސްޓުގެ ހަވަނައިގައި ރާއްޖޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހިމެނިއްޖެ އެވެ.

މި ލިސްޓަކީ މިި މަހުގެ 17 ވަނަ ދުވަހާއި ހަމައަށް އެކުލަވާލާފައިވާ ލިސްޓެކެވެ.

ދަގަނޑޭ އަށް ލިސްޓުގެ 6 ވަނަ މަގާމު ލިބެނީ އޭނާގެ ކެރިއަރުގައި މިހާތަނަށް  ކުޅެދިން، 544 މެޗުން ޖަހައިދިން 464 ލަނޑުންނެވެ. މީގެ ދުވަސް ކޮޅެއް ކުރިން ދަގަނޑޭއަށް ވަނީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ލިސްޓުގެ 2 ވަނަ މަގާމު ވެސް ލިބިފައެވެ. 

ލިސްޓުގެ އެއްވަނަ ހޯދާފައިވަނީ 760 ލަނޑު ޖަހައިގެން ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ދެވަނައިގައި އޮތީ 733 ލަނޑާއެކު އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އެވެ. އަދި ތިންވަނައިގައި އޮތީ 559 ލަނޑާއެކު ސްވިޑަންގެ ޒްލަޓާން އިބްރަހިމޮވިޗް އެވެ. އޭގެ ދަށުން ވާދަކުރާ ޒްލަޓާން އިބްރަހިމޮވިޗްގެ ކެރިއަރުގައި 559 ގޯލް ޖަހާފައިވާއިރު، 506 ގޯލް ކެރިއަރުގައި ޖަހާ ހަތަރު ވަނަ ލިބެނީ ރޮބާޓް ލެވަންޑޯސްކީއަށެވެ. ދަގަނޑޭގެ ކުރިން ފަސްވަނައިގައި އޮތީ އުރުގުއޭގެ ފޯވަޑް ލުއިޒް ޝުއަރޭޒްއެވެ. އޭނާ ވަނީ 488 ގޯލް ކެރިއަރުގައި ޖަހާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!