އަނުޝްކާ އަނެއްކާވެސް ފޮޓޯއެއް ދޫކޮށްލައިފި، މިހަފަރު ވަރަށް ލޯބި

ބަތަލާ އަނުޝްކާ ޝަރުމާ ވަނީ ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަން ހާމަކޮށްފައިއެވެ. ފިރިމީހާ ވިރާޓް ކޯލީއާއި އެކު ނަގާފައި ވާ ފޮޓޯއެއް ޕޯސްޓްކޮށް ބަނޑުބޮޑުކަށް އިއުލާން ކުރިފަހުން ދޭތެރެ ދޭތެރެއިން އަނުޝްކާ ދަނީ ފޮޓޯ ހިއްސާކުރަމުންނެވެ.

އައިޕީއެލް ކުރިއަށްދާތީ އަނުޝްކާ މިވަގުތު ހުރީ ފިރިމީހާ އާއި އެކު ދުބާއީގައިއެވެ. މިފަހަރުގެ ފޮޓޯއިންވެސް “ބޭބީ ބަމްޕް” ވަރަށް ފާޅުކޮށް ފެންނިގެންދެއެވެ.

ކޮރޯނާގެ ސަބަބުން ލޮކްޑައުންގައި ތިބެން ޖެހުމުން އަނުޝްކާ ވަނީ މީސްމީޑިއާގައި އެމީހުންގެ ދިރިއުޅުމުގެ ވާހަކަތަށް ހިއްސާކޮށްފައިއެވެ. އަނުޝްކާގެ އިތުރުން ކަރީނާ ވެސް ވަނީ ބަނޑުބޮޑުކަން އިއުލާން ކޮށްފައިއެވެ. މީ ކަރީނާގެ ދެވަނަ ދަރިފުޅެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!