ބާރްތީ ބަނޑު ބޮޑު؟

ހިންދީ ޓީވީއިން ބެލުންތެރިންގެ އެންމެ މަޤްބޫލު އަންހެން ކޮމީޑިޔަން ބާރްތީ ސިންހް އަކީ ވަރަށް ގިނަ ބައެއްގެ ލޯބި ލިބިފައިވާ، ގިނަ ބަޔަކު ހެއްވާލުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެކެވެ.

ބާރްތީ އާއި އޭނާގެ ފިރިމީހާ ހާރްޝް ލިމްބާޗިޔާ ކައިވެނިކޮށްފައިވަނީ 2017 ވަނަ އަހަރު ގޯއާ ގައެވެ. މި ޖޯޑަކީ އިންޑިއާސް ބެސްޓް ޑާންސާ ވެސް ހޮސްޓް ކޮށްދޭ ޖޯޑެވެ. އެގޮތުން ބާރްތީ ވަނީ ދާދީ ފަހުން އެންމެނަށް ވަރަށް އުފާވެރި ހަބަރެެއް ދީފައެވެ.

އިންޑިއާސް ބެސްޓް ޑާންސާގައި ހުށަހަޅައިދިން ނެށުމަކަށް ފަހު ބުދެއް ހިފަހައްޓަައިގެން ހުރެ ބާރްތީ ބުނީ އިންޑިއާގެ ގައުމީ ޓީވީގައި ވައުދެއް ވާކަމަށާއި، މި ބުދަކީ ފޭކެއް ނަމަވެސް 2021 އަހަރު ހަރްޝްގެ ދަރިއެއް އޭގެ ބަދަލުގައި އޮންނާނެކަމަށެވެ.

ބާރްތީގެ މިވާހަކަތަކުން އެންމެން ސިއްސުވާލި ނަމަވެސް އޭނާ އަދި ބަނޑުބޮޑު ކަމެއް ނުވަތަ ނޫން ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

ކާމިޔާބު ކޮމޭޑިއަން ބާރްތީ ވަނީ މަޝްހޫރު ޝޯ، “ދަ ކަޕިލް ޝަރްމާ ޝޯ” އާއި “ކޮމެޑީ ނައިޓް ބަޗާއޯ” އާއި “ކޮމެޑީ ކްލާސަސް”, “އިންޑިއާސް ގޮޓް ޓެލެންޓް”އާއި “އިންޑިއާސް ބެސްޓް ޑާންސާ” ފަދަ ޝޯތައް ހުށަހަޅާއިދީ އަދި ބައިވެރިވެ އޭނާގެ ކުޅަދާނަ ހުނަރު ދައްކާލާފައެވެ.