ފޮޓޯ: ގޫގުލް

ވިލާ ކޮލެޖަށް 13 އަހަރު ފުރުން ފާހަގަކޮށްފި

ވިލާ ކޮލެޖަށް 13 އަހަރު ފުރުން އެ ކޮލެކުން މިއަދު ފާހަގަކޮށްފި އެވެ.

އެ ކޮލެޖުގެ އަހަރީ ދުވަހާ ގުޅުވައިގެން ނެރުނު ބަޔާނެއްގައި ބުނީ، 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަތީ ތައުލީމު ދެމުން އަންނަ، ފުރަަތަމަ ޕްރައިވެޓް ކޮލެޖުން ވޭތުވެދިޔަ އަހަރު ފާހަގަ ކުރެވިފައި ވަނީ ވަރަށް ކާމިޔާބު އަހަރެއްގެ ގޮތުގައި ކަމަށެވެ. މިދިޔަ އަހަރު 1954 ދަރިވަރުން ދަސްވެނިވެފައިވާއިރު 16 އާ ޕްރޮގްރާމެއް ތައާރަފް ކުރި އެވެ.

އަދި، ފުރަތަމަ ފަހަރަށް ޖޭސީއެމް ރެޖިސްޓަރޑް ޕްރޮޖެކްޓެއް ހިންގި ފަރާތަށް އެ ކޮލެޖުވެފައިވާކަން ފާހަގަ ކުރި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!