ސަފާރީތަކަށް އަންނަ ފަތުރުވެރިން އިތުރުވާނެ ކަމަށް ލަފާ ކުރެވެނީ އަންނަ އަހަރު

ގިނަ ސަފާރީތަކެއްގެ އޮޕަރޭޝަން ފެށި، ސަފާރީތަކުގައި ޗުއްޓީ ހޭދަ ކުރަން އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ވެގެންދާނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއެމް) އިން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ބޯޑަރުތައް ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމުން މަދު މަދުން ސަފާރީ ތަކުގައި ޗުއްޓީ ހޭދަ ކުރަން އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މި މަހުގެ މިހާތަނަށް 116 ސަފާރީއެއް އޮޕަރޭޓް ކުރުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ.

ބޯޓިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަފްރާހު ވިދާޅުވީ، ސަފާރީ ބޯޓުތަކުގައި ޗުއްޓީ ހޭދަ ކުރުމަށް މައިގަނޑު ގޮތެއްގައި އަންނަނީ ޑައިވަރުންގެ އިތުރުން ސާފިން އަށް ދާ މީހުން ކަމަށެވެ.

އަފްރާހު ވިދާޅުވީ، ރާއްޖެ އާދެވެން ފުރުސަތު އޮތިއްޔާ ގިނަ ފަތުރުވެރިންތައް މިހާރު ވެސް އަންނަން ބޭނުންވާ ކަމަށެވެ. ނަމަވެސް ރާއްޖެ އަށް އައުމަށް ފަހު ޕޮޒިޓިވް ވެއްޖެ ނަމަ މަޑުކުރަން ޖެހޭ މުއްދަތާއި އަނބުރާ ގައުމަށް ގޮސް ކަރަންޓީނުވާން ޖެހޭ މުއްދަތުގެ ސަބަބުން ފަތުރުވެރިންނަށް އައުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!