ނޭހާ އާއި އަންގަދު ދަރިފުޅާއި އެކު ރާއްޖޭގައި

ބޮލީވުޑްގެ ބަތަލާ ނޭހާ ދޫޕިއާ އާއި ފިރިމިހާ އަންގަދު ބޭދީ ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ބޮލީވުޑުގެ ތަރިންގެ މެދުގައި ރާއްޖެ މަގްބޫލުވެފައިވާއިރު އިއްޔެ ނޫސްތަކަށް އެރީ ވަރުން ދާވަން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ވާހަކަ އެވެ. އަދި މިފަހުން ތާޕްސީ ޕަންނޫ އާއި މަންދީރާ ބޭޑީ އަދި މޯނީ ރޯއީ ވެސް ރާއްޖޭގައި ވަނީ ޗުއްޓީ ހޭދަކޮށްފައިއެވެ.

މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ދެ ތަރިން މި ފަހަރު ޗުއްޓީ ހޭދަކުރަނީ މޫވްއެންޕިކް ރިސޯޓް އެންޑް ސްޕާ ކުރެވިވަރުގަ އެވެ. އެތަނުގެ ޕޫލެއްގެ ކައިރީގައި ތިބެގެން ދެ މީހުން ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ އިރު އެންމެ ބޮޑަށް އަޅައިގަތީ ނޭހާގެ ފޮޓޯ ކެޕްޝަނެވެ.

މި ހަފުތާގެ ތެރޭގައި އަންގަދު އާއި އޭނާގެ އަނބިމީހާ ނެހާ ރާއްޖެއަށް އައިސްފައިވާއިރު، އެމީހުންގެ ދަރިފުޅު މެހެރް ވެސް ގޮވައިގެން އެމީހުން ރާއްޖެއަށް އައިއިރު ބަނޑުބޮޑުއިރު ވެސް ނެހާ ވަނީ އަންގަދާއެކު ރާއްޖެއަށް އައިސްފަ އެވެ. އަދި ބަނޑުބޮޑުކަން އިއުލާންކުރީ ވެސް ރާއްޖޭގައި ނަގާފައިވާ ފޮޓޯއަކުންނެވެ. 

https://www.instagram.com/p/CGeSzXfH8hs/?utm_source=ig_web_copy_link

ނޭހާ އާއި އަންގަދު ކައިވެނިކުރީ 2018 ގަ އެވެ. 

ބޮލީވުޑުގެ ފިލްމުތަކުންނާއި ޓީވީ ޝޯތަކުން ފެނިގެންގޮސްފައިވާ ނެހާ އަންނަނީ އެމްޓީވީ މަޝްހޫރު ރޯޑީޒްގައި ގޭންގް ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ. 

އަންގަދަކީ ވެސް ފިލްމު ކުޅޭ މީހެކެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ގުންޖަން ސަކްސޭނާގެ ހަޔާތަށް ނެރުން، “ދަ ކާގިލް ގާލް” އިންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!